twitterviber whatsapp telegramfacebookyoutube instagram
31st May 2026

ސެމްސަންގ އިން ހީކުރިވަރަކަށް ގެލެކްސީ އެސް 9 އެއް ނުވިއްކުނު

Aug 19, 2018

މަޝްހޫރި ސެމްސަންގ އިން މިއަހަރު ނެރުނު އެ ކުންފުނީގެ ސްމާޓް ފޯން ގެލެކްސީ އެސް 9 ހީކުރިވަރަށް ނުވިކޭ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

މިއަހަރުގެ އެކުންފުނިން 2 ވަނަ ކުއާޓަރ ގެ މާލީ ހިސާބުތަކަށް އެންމެ ބޮޑު ކުރިއެރުމެއް ގެންނާނެކަމަށް ބެލެވިފައި އޮތީ ގެލެކްސީ އެސް 9 ވިއްކައިގެންނެވެ. ނަމަވެސް މާލީ ހިސާބުތަައް އާއްމު ކުރިއިރު އެފޯނަށް ލިބެންޖެހޭވަރަށް އާމްދަނީ ނުލިބުމާ ގުޅިގެން ސޭލްސް ވަނީ ބޭނުންވާ ވަރަށް ނުގެންދެވިއެވެ. 31 މިލިޔަން ގެލެކްސީ އެސް 9 ސެމްސަންގ އިން ވިއްކި ކަމުގައި ވިޔަސް ވިޔަފާރި ވަނީ 4 ޕަސެންޓް ދަށަށް ގޮސްފައެވެ.

ނަމަވެސް ސެމްސަންގެ އެހެން އުފެއްދުންތަކުގެ ތެރެއިިން ސެމްސަންގ ޓީވީގެ ޑިމާންޑް އުފުލި، ޓީވީ ވިއްކައިގެން ނިމުނު ކުއާޓަރގައި އެ ކުންފުނީ ބޮޑު ފައިދާއެއް ހޯދިއެވެ. އެއީ ނިމުނު ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް ގިނަ އަދަދަކަށް ޓީވީ ވިކިފައި ވާތީ އެވެ.

ގެލެކްސީ އެސް 9 އިން ބޭނުންވާ ވަރަށް ފައިދާ ނުވުމާ ގުޅިގެން އެކުންފުނިން މިހާރު ތައްޔާރު ވަމުންދަނީ ގެލެކްސީ ނޯޓްގެ އާ ވަރޝަންއެއް ބާޒާރަށް ނެރުމަށެވެ. ނޯޓް ނެރުމަށް ހަމަޖެހިފައިވަނީ ކުރިން ޕްލޭން ކުރިވަރަށް ވުރެ އަވަހަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355