twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ކުޅުދުއްފުށީ އީދު ކުޅިވަރު: މިއަހަރު ފުރިހަމަ “ހިއްޗެއް” ދައްކާލަނީ

Aug 21, 2018

މިއަހަރު ފުރިހަމަ “ހިއްޗެއް” ނުވަތަ ހިއްޗަށްވަޑައިގަތުމެއް ފެނިގެންދާނެކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފި އެވެ.

ހިއްޗަށްވަޑައިގަތުމަކީ އެންމެ މަތީ ދަރަޖައިގެ ރަސްމީ، ޝާހީ ހިނގާލުމެކެވެ. މި ދައްކަނީ ރަދުން ރަސްމީ ވާޖިބުތަކެއް އަދާކުރެއްވުމަށް، ހަތްކޮޅުނަގާބޭކަލުންނާއެކު ބެރު ދުންމާރި ތާޅަފިލީގައި ރަސްމީ ޢިއްޒަތުގައި ވަޑައިގަންނަވާ ވަޑައިގަތުމެއްގެ ވާހަކަ އެވެ.

މިއީ ކުޅިވަރެއް ނޫނެވެ. މިއީ ރާއްޖޭގައި ރަސްކަން އޮތް އިރުވެސް ކުރިއަށްދާ ކަމެކެވެ. ދިވެހި ބަސްފޮތުގައި ވާގޮތުން ހިއްޗަށްވަޑައިގަތުމަކީ ރަމަޟާންމަހު ،22 ،24 ،26 28 މިދުވަސް ދުވަހު ހަވީރު ނުވަތަ މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކުރާ ރަސްމީ ކަންތައްތައް އަދާ ކުރެއްވުމަށް ރަދުން ނުވަތަ ހަތްކޮޅު ނަގާ ބޭފުޅުން އެދުވަހަށް ހާއްސަ ވެގެންވާ ޒިޔާރަތެއްގެ ދޮށަށް ރަސްމީގޮތުގައި ވަޑައިގަތުމެވެ.

އޭރުގައި އެކަން ކުރިގޮތަށް ދައްކާލައި މިކުޅިވަރަކީ ހަމައެކަނި ކުޅުދުއްފުއްޓަށް އެކަނި ހާއްސަ ކަމެކެވެ. މިހަރަކާތް ބައެއް އަހަރުތަކުގައި ދައްކާލެވިގެންދަނީ އެންމެ ފުރިހަމަ ގޮތެއްގައި ނޫނެވެ. ނަމަވެސް މިއަހަރުގެ އީދުގައި އެންމެ ފުރިހަމައަށް މި ހަރަކާތް ދައްކާލެވޭތޯ އެކަން އިންތިޒާމުކުރާ ފަރާތުން މަސައްކަތް އެބަކުރެ އެވެ.

ކުޅުދުއްފުށީ އީދު ކުޅިވަރުތަކުގެ ތެރެއިން ހިއްޗަށްވަޑައިގަތުން–

މިއަހަރުގެ ހިއްޗަށްވަޑައިގަތުމުގައި ދެ ރަސްގެފާނު ބައްދަލުކުރައްވާނެ އެވެ. އެ ހާއްސަ ބައްދަލުވުން ކުރިއަށްދާނީ އަމީނީމަގާއި ނިކަގަސްމަގު ހަތަރު އަނގޮޅީގަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ހިއްޗަށްވަޑައިގަތުން ކުރިއަށްދާނީ އީދު ތިން ވަނަ ދުވަހު ހަވީރު އަމީނީމަގުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355