twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހެލްތް ވޯކަރުންގެ އަޑު: މުސާރައިގެ ހަމަހަމަ ކަމެއް ނެތް، މުސާރައިގެ ކުރިއެރުމެއް ނެތް، އެތަށް އަހަރެއް !

Sep 1, 2018

ހެލްތުވޯކަރުންނޭ ރާއްޖޭގައި ޒަމާނުއްސުރެ ކިޔަމުން އަންނަނީ އާންމު ޞިއްޙަތު ކުރިއެރުވުމުގައި މަސައްކަތްކުރަމުން އަންނަ ބަތަލުންނަށެވެ.

މިފަހަރު މި ފެނުނީ ތަފާތު މަންޒަރެކެވެ. ރާއްޖެއިން މެލޭރިއާ،ފައިލޭރިއާ، ހިމަބިހި، ކޮލެރާ،ޕޯލިއޯ ފަދަ ބަލިތައް ނައްތާލާ ދުނިޔޭގައި އެންމެ ނަންހިނގާފަދަ ނަމޫނާ މަސައްކަތްތަކެއް ކޮށްފައިވާއިރު މިކަމަކީ އާންމު ޞިއްޙަތު ކރުއެރުވުމަށް ހެލްތުވޯކަރުންގެ ބުރަ މަސައްކަތެވެ.

ފާއިތުވެ ދިޔަ 10ވަރަކަށް އަހަރުތެރޭ ޓީޗަރުންނާއި ނަރުހުންގެ މުސާރަވަނީ ބޮޑުކޮށް ދެއްވާފައެވެ. މިފަހަރުވެސް އިންތިޙާބާ ދިމާކޮށް މި ފަދަ ފަރާތްތަކުންދަނީ އިހްތިޖާޖް ކުރަމުންނެވެ. ނަމަވެސް 2007އިން ފެށިގެން އެއްވެސް ކުރިއެރުމެއް ނުލިބިފައިވާ ހެލްތުވޯކަރުން ބުނަނީ އިޙްތިޖާޖެއް ނުކުރާނެކަމެވެ. ނަމަވެސް މިއީ އުޅޭ ބައެއްކަން ހަނދާން ކޮށްދޭނެކަމެވެ.

މީހުންނަށް ފެންނަނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔައީމަ ޑޮކްޓަރުގެ މޮޅުކަމެވެ. އަހަރުގެ ހުރިހާ ދުވަހެއްގަ ބަލިތަކަށް ފާރަލައި ބައްޔެއް އުޅޭނަމަ މުޖްތަމަޢު ރައްކާތެރިކޮށް ނުވިތާކަށް 24ގަޑިއިރު ޞިއްޙަތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ މީހުން ނުފެންނަކަމެވެ. ހަމައެކަނި ނުރައްކާތެރި ރޯގާއެއް ފެތުރޭ ހިނދު ނޫނީ ހަނދާން ނުވާ ބައެކެވެ. ނަމަވެސް އެތަކެއް ފަހަރު ނުރައްކާތެރިބަލިތައް އައިސް ނުފެތުރިދަނީ މީ މީހުންގެ ބުރަ މަސައްކަތުންނެވެ.

މިދާއިރާއިން މާސްޓަރ ހަދައިގެން އަންނަ މީހާގެ މުސާރައަކީ 5610ރ އެވެ. އެއީ އެޑްމިން މީހަކަށްވުރެ މަދު މުސާރައެކެވެ. އޮނިގަނޑެއް ނެތްތާ ކުރިއެރުމެއް ލިބޭނެ އެއްވެސް ގޮތެއް ނެތީއެވެ. ބައެއް މީހުން ގޮތެއް ނެތިގެން ދާއިރާ ދޫކޮށްފައިވާ އިރު އަނެއް ބައިމީހުން ބުނަނީ ރައްޔިތުންގެ ހައްޤުގައި ދެމި ތިބޭނެކަމެވެ.

ހެލްތުވޯކަރުންގެ މި ހަރަކާތުގައި ވަނި އެތައް ހާސް ބައެއްގެ ސޯޝަލް މީޑިއާ ޕްރޮފައިލްތައް ބަދަލުކޮށްފައެވެ.އެމީހުން އޮނިގަނޑު ކޮބާހޭ އަހާފައެއް ނުވެއެވެ. އެމީހުންގެ ކެމްޕޭންގައި ބޭނުން ކުރަނީ މަށަކީ ހެލްތުވޯކަރެއް ޞިއްޙީ ދާއިރާގައި މަގޭ ހިއްސާ ވަރަށް ބޮޑު މިހެންނެވެ.

މިއީ ވަރަށް ވެސް މުޙިއްމު މެސެޖެކެވެ. ސަރުކާރުން އިޖާބަދޭން ޖެހޭނީ ގަދަބަސް ބުނާ ބަޔަކަށް ނޫނެވެ. މަސައްކަތްތެރިންގެ ތެރެއިން މި މުޙިއްމު މަސައްކަތް ކުރާ ފަރާތަކުގެ އަޑު ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް އިވޭނެކަމަށް އުއްމީދުކުރަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355