twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދިރާގު ފެމިލީ ޑޭ މިއަހަރު ވިންޓަރ ޕާރކުގަ

Sep 12, 2018

ދިރާގުން ކޮންމެ އަހަރަކު ބާއްވާ މުވައްޒަފުންގެ “ފެމިލ ޑޭ” މިއަހަރު ބާވާފައިވަނީ ރަސްރަނި ބަގީޗާގެ ވިންޓަރ ޕާރކުގައި ބާއްވަން ނިންމާފައިވާކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގު ފެމިލީ ޑޭ އަކީ ކޮންމެ އަހަރަކު މުވަޒަފުންގެ އާއިލާތަކާއި އެއްކޮށް ވަގުތު ހޭދަކޮށްލަން ބާއްވާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް ދިރާގު ފެމިލީ ޑޭ ބާވަނީ ތަފާތު ތަނެއްގައި އެވެ.

ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުންކަމަށާއި އަދި މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމުގައިވެސް އެފަރާތުން ހާމަކުރެއެވެ.

މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރަމުން ދެޔެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލު އެންމެ ފުރިހަމަ އެއް ކުންފުންޔެވެ.

ދިރާގު މުވައްޒަފުންގެ ޖަމިއްޔާ “އީ ކްލަބް” ގެ ފަރާތުން ވިދާޅުވީ މި ފަދަ ހަރަކާތް ތަށް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުވައްޒަފުންނާއި އާއިލާގެ މެމްބަރުން އޮފީހުގެ މާހައުލާއި ދުރުން މަޖާ ކޮށް އަދި އުފާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދީ މުވައްޒަފުން ގެ ހިންހަމަޖެހުން އިތުރު ކުރުވުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355