twitterviber whatsapp telegramfacebookyoutube instagram
11th September 2026

ރިޔާސީ އިންތިހާބުގެ ފަހުގެ އަޕްޑޭޓް ތައް ބަލައިލުމަށް ދިރާގުން ހާއްސަ ޑޭޓާ ޕެކެއް

Sep 22, 2018

ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ އަޕްޑޭޓްތައް މޯބައިލުން ދިރާގު ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ބެއްލެވުމަށް އިތުރު ޑޭޓާ ލިބޭ ހާއްސަ ޕެކޭޖެއް، “އިންތިހާބު ޕެކް” މި ނަމުގައި ދިރާގުން ތައާރަފްކޮށްފިއެވެ.

މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުން އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއި އެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ހޯއްދެވޭނެކަމަށް ދިރާގުން ހާމަކުރެއެވެ. އަދި 10ޖީބީ ހިމެނޭ މި “އިންތިހާބު ޕެކް” ގެ އަގަކީ 225 ރުފިޔާ ކަމަށެވެެ.

ދިރާގުން ހާމަކުރި ގޮތުގައި “އިންތިހާބު ޕެކް” ހޯއްދެވުމަށް ކަސްޓަމަރުން އެސްއެމްއެސް ފޮނުއްވާނީ “ADD E10GB” ޖައްސަވާފައި 343 އަށެވެ.

މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެއްވޭނީ 24 ސެޕްޓެމްބަރ 2018ގެ ނިޔަލަށެވެ. އަދި އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 5 ދުވަސް ވަންދެން ބޭނުން ކުރެއްވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293