twitterviber whatsapp telegramfacebookyoutube instagram
15th September 2025

ކޭއޯ ޓްރެވަލްސްގެ “ވިން އައިޕެޑް މިނީ” ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

Sep 26, 2018

ކޭއޯ ޓްރެވަލްސް އިން ކުރިއަށްގެންދިޔަ “ވިން އައިޕެޑް މިނީ” ޕްރޮމޯޝަންގެ ގުރުއަތު ނަގައި ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި އެވެ.

މޯލްޑިވިއަންގެ ޓިކެޓެއް ނަގައިގެން އެންމެ ފަހުގެ އައިޕެޑް މިނީއެއް ލިބޭ މިޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ، ހދ ކުޅުދުއްފުށީ/ ހިރަފުސް، ނައުފަލް އަލީ އެވެ.

ގުރުއަތު ނަގައި ނަސީބުވެރިޔާއަށް އައިޕެޑް ހަވާލުކޮށްދެއްވީ، ކުޅުދުއްފުށީ އިމިގްރޭޝަންއާ ހަވާލުވެ ހުންނެވި މުހައްމަދު ދާއޫދެވެ.

މިދިޔަ ޖުލައިމަހާއި  އޯގަސްޓް މަހު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގައި ދިވެހިރާއްޖޭގެ ގައުމީ އެއާލައިންއިން ދަތުރު ކުރާ ޑޮމެސްޓިކް ނުވަތަ އިންޓަނޭޝަނަލް ކޮންމެ މަންޒިލަކަށްވެސް ޓިކެޓް ނަގައިގެން ބައިވެރިވެވޭގޮތަށެވެ.

އައިޕެޑް ލިބުނު ނައުފަލް އަލީ ފޮޓޯއަކަށް ހުއްޓިލައިގެން–

ކޭއޯ ޓްރެވަލްސައިން މީގެ ކުރިންވެސް ވަނީ ގުރުއަތުން އައިޕެޑް ލިބޭ ޕްރޮމޯޝަން އެއް ބާއްވާފައެވެ.

ޓިކެޓެއް ނަގައިގެން އައިޕެޑެއް ލިބޭ ޕްރޮމޯޝަންއެއް ކޭއޯ އިން ފަށައިފި

ކޭއޯ ޓްރެވަލްސް އިން ޓިކެޓް ބުކިން ހެދުމަށް ގުޅާނީ 6528355 ނުވަތަ 7978355 އަށެވެ. އަދި 7978355 އަށް ވައިބަރ ކޮށްގެންވެސް ބުކިންގ ހަދާލެވޭނެ އެވެ. އަދި ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް އަދި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ބަލައިގަންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355