twitterviber whatsapp telegramfacebookyoutube instagram
30th August 2026

9 ޓީމާއެކު ކުއަންޓަމް ވެޓަރަންސް ކަޕް ފަށައިފި

Oct 3, 2018

35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ “ކުއަންޓަމް ވެޓެރަންސް” ކަޕް ފުޓްސަލް މުބާރާތް ފަށައިފި އެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު ޖުމްލަ 72 ކުޅުންތެރިން 9 ޓީމެއްގައި ވާދަ ކުރާނެ އެވެ.

މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިދިޔަ ހޯމަ ދުވަހު ބާއްވާފައިވާއިރު އެ ރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް ވިއްސާރަވުމުގެ ސަބަބުން ކުރިއަށްގެންގޮސްފައިވަނީ ރޭގަ އެވެ.

ކުޅުދުއްފުށީގައި އަލަށް ހެދި ޓާފް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ކޮންމެ ރެއަކު ދެ މެޗު ކުޅޭނެ އެވެ. މިމުބާރާތުގެ ފައިނަލް މެޗު ކުރިއަށްދާނީ މިމަހު 11 ވަނަ ދުވަހު ރޭގަނޑު އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355