twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކަންގްނާގެ “މަނިކާރްނިކާ” ގެ ޓީޒާއާއެކު ފިލްމު ކުރެވޭ އުންމީދު ބޮޑު

Oct 3, 2018

އަންނަ އަހަރު ބޮލީވުޑުން ފުރަތަމަ ބޮޑު ސްކްރީނަށް އަންނާނެ ދެ ފިލްމުގެ ތެރެއިން އެއް ފިލްމަކީ ކަންގްނާ ރަނާވަތުގެ ” މަނިކާރްނިކާ: ދަ ކްއީން އޮފް ޖާންސީ” އެވެ.

މި ފިލްމަކީ އިއުލާން ކުރުމާއި ހަމައިން ބެލުންތެރިން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރި އެއް ފިލްމެވެ. އިންޑިޔާގެ ތާރީހުގެ ތެރެއިން އެންމެ ފާހަގަކޮށްލެއްވޭ އެއް ރާނީ ކަމަށް ވާ ލަކްޝީބައި ގެ ވަހަކަ ގެނެސްދޭ މި ފިލްމުގައި ދައްކުވާދެނީ އިންޑިޔާ އިގިރޭސިންގެ އަޅުވެތިކަމުގެ ދަށުން މިނިވަން ވުމަށްޓަކައި ލަކްޝްމީބައި އިސްކޮށް ހުރެ ކުރާ ހަނގުރާމަތަކެކެވެ.

ތާރީހުގެ ތެރެއިން ޖާންސީ ކީ ރާނީގެ ނަމުން މަޝްހޫރު ލަކްޝްމީބައި އަކީ އިންޑިޔާގައި އެންމެ މަގުބޫލް އެއް ތާރީހީ ޝަހްސިއްޔަތު ކަމުން މި ފިލްމަކީ 2019 ވަނަ އަހަރުގެ ފުރަތަމަ ބްލޮކް ބާސްޓަރ ފިލްމަށް ވާނެކަމަށް ބެލެވެ އެވެ.

މަނިކަރްނިކާ ގެ ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ، ޖިއްޝޫ ސެން ގުޕްތާ، ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ އަދި ޓީވީ އެކްޓަރު ތާހެރް ޝައްބީރް، ސުރޭޝް އޮބެރޯއީ، ޑެނީ ޒެންގޯޕާ، ކުލްބުޝަން ކަރްބަންދާ އަދި މުހައްމަދު ޒީޝާން އައްޔޫބް ހިމެނެ އެވެ.

އަންނަ ޖެނުއަރީ މަހު 25 ގަައި މަނިކާރްނިކާ އާއި އެކު ދެން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ރިތިކް ރޯޝަންގެ “ސުޕަރ 30” އެވެ.

ކަންގްނާ އާއި ރިތިކްގެ ކޯޅުމަށްފަހު ދެ ތަރިންގެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒްކުރުން ވެެގެންދާނީ ބެލުންތެރިން ކާމިޔާބު ފިލްމަކީ ކޮން ފިލްމެއްކަން ބަލާލަން ބޭނުންވާނެ އެންމެ ބޮޑުއެއް ސަބަބަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355