twitterviber whatsapp telegramfacebookyoutube instagram
15th March 2026

ދިޕިކާ އަދި ރަންވީރުގެ ކައިވެނި އަންނަ މަހު

Oct 21, 2018

ބޮލީވުޑްގެ އެންމެ މަގުބޫލް ލޯބިވެރިންގެ ގޮތުގައި ފާހަގަ ކުރެވެ ދިޕިކާ އަދި ރަންވީރުގެ ކައިވެނީގެ ތާރީހު އިއުލާންކޮށްފި އެވެ.

މި ދެތަރިންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެފައިވާއިރު މީޑިޔާގައި އެކަމާއި ބެހޭގޮތުން އެއްވެސް ތަރިއަކު ވާހަކަ ދައްކާފައިނުވާއިރު މިއަދު ދިޕިކާ އިންޓަގްރާމްގައި ވަނީ ކައިވެނީގެ ކާޑުގެ ފޮޓޯއެއް ޕޯސްޓްކޮށްފަ އެވެ.

މި ޕޯސްޓާއިއެކު ބޮލީވުޑްގެ ތަރިން ދަނީ ކައިވެނީގެ މަރުހަބާ ކިޔަމުންނެވެ.

pic.twitter.com/E0IbjQTnYI

— Deepika Padukone (@deepikapadukone) October 21, 2018

ދެ ތަރިންގެ ކައިވެނި އިއުލާންކޮށްފައިވާއިރު ދާދި ފަހުންވެސް ރަންވީރު ވަނީ ފޯކަސް ހުރީ ކައިވެންޏަށް ނޫންކަމަށާއި ކެރިއަރަށް ކަމަށް ބުނެފައެވެ.

ދީޕިކާއާއި ރަންވީރު ވަނީ އެކުގައި ކާމިޔާބު ފިލްމުތަކެއްގައި މައްސަކަތްކޮފަ އެވެ. އެގޮތިން ގަލިއޯކީ ރަސްލީލާ ރާމް ލީލާ، ބާޖީރާއީ މަސްތާނީ އަދި އެންމެ ފަހުން ދެތަރިން އެކުގައި ކުޅުނު ޕަދުމާވަތީ ހިމެނެެއެވެ.

މީ ދެތަރިންގެ އިތުރުން ޕްރިޔަންކާ އަދި ނިކް ގެ ކައިވެނިވެސް އަންނަ މަހު ކުރެވިގެންދާނެ އެވެ.

އެގޮތުން މިދެތަރިންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޖޯދުޕޫރްގައި ހުންނަ އުމައިދު ބަވަން ގަނޑުވަރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355