ނ އަތޮޅުގައި މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސްއިން ތަރައްގީ ކުރި ކުރެދިވަރު ރިސޯޓު ހުޅުވައި މިމަހު 1 ވަނަ ދުވަހު ހިދުމަތް ދޭންފަށައިފި އެވެ.
5 ތަރީގެ މި ރިސޯޓަކީ މޫވެންޕިކުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.
މި ރިސޯޓްގައި 72 އޯވަރވޯޓަރ ޕޫލް ވިލާއާއި، 33 ބީޗް ޕޫލް ވިލާ ހުރެއެވެ. އަދި ފަތުރުވެރިންނަށް ހިދުމަތްދިނުމަށްޓަކައި ތަފާތު ރަހަތަކަށް ހާއްސަކޮށްގެން ހަދާފައިވާ 4 ރެސްޓޯރަންޓް ހުރެއެވެ. މީގެ އިތުރުން ޑައިވިން ސެންޓަރުތަކާއި، ވޯޓަރ ސްޕޯރޓްސް ސެންޓަރުތައްވެސް އެ ރިސޯޓުގައި ގާއިމްކޮށްފައި ވެއެވެ.
މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސްއިން ކުރެދިވަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.