twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެސްޓީއޯ އިން ޑެނޯން ކުންފުނީގެ އުފެއްދުއްތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

Nov 6, 2018

މަޝްހޫރު ޑެނޯން ކުންފުނީގެ އުފެއްދުންތައް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ހެޔޮ އަގެއްގައި ތަޢާރަފްކޮށްފިއެވެ.

ސިއްޙަތައް ފައިދާހުރި އުފެއްދުންތައް ތައްޔާރުކުރުމުގައި 99 އަހަރުގެ ތަޖުރިބާލިބިފައިވާ، އަދި ދުނިޔޭގެ 130 ޤައުމެއްގައި ހިންގަމުން ގެންދާ ޑެނޯންއަކީ ފްރާންސްއަށް ނިސްބަތްވާ ކޯބާތަކެތި އުފައްދާ ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ.

މިކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ އެކި ބައްރުތަކުގައި އުފައްދާ އެކްސްޕޯރޓް ކުރަމުންދެއެވެ. މިގޮތުން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފް ކޮށްފައިވަނީ ޑެނޯން ކުންފުނީގެ އުފެއްދުންތައް މިސަރަހައްދަށް ފޯރުކޮށްދެމުންދާ ޑެނޯން އިންޑިޔާގެ “ޑެނޯން އާރލީ ލައިފް ނިއުޓްރިޝަން”ގެ މައިގަނޑު 3 ބާވަތެއްގެ އުފެއްދުމެވެ.

“ޑެނޯން އާރލީ ލައިފް ނިއުޓްރިޝަން”ގެ އުފެއްދުންތަކަކީ މައިމީހާ ބަނޑުބޮޑު ވީއްސުރެ ދަރިފުޅަށް 2 އަހަރު ވުމާއި ހަމައަށް ހޭދަވާ 1000 ދުވަހަށް މައިމީހާ އަދި ދަރިފުޅުގެ ދުޅަހެޔޮ ސިއްޙަތަށް ބޭނުންވާ މުހިންމު މާއްދާތައް ހިމަނައިގެން އުފައްދާފައިވާ އުފެއްދުންތަކެވެ.

ޑެނޯން އަޕްޓަމިލް

“ޑެނޯން އަޕްޓަމިލް” އަކީ ތުއްތު ދަރިފުޅުގެ އުމުރާއި ގުޅޭގޮތުން ދަރިފުޅުގެ ހަށިގަނޑުގެ ހެދިބޮޑުވުމާއި، ސިކުނޑިއާއި ލޮލުގެ ފެނުން ތަރައްގީކޮށްދީ ދިފާއީ ނިޒާމާއި ނާރުތަކުގެ ނިޒާމަށް ބޭނުންތެރި މާއްދާތައް ލިބިގެންދާނޭ ފަދައިން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. ނަމަވެސް ކުޑަދަރިފުޅަށް އެންމެ ރަނގަޅީ މައިމީހާގެ ގާތުންދޭ ކިރުކަމަށްވުމާއި އެކު “ޑެނޯން އަޕްޓަމިލް” އަދި އެހެނިހެން ފޯމިއުލަރ ކިރު ތުއްތުދަރިފުޅަށް ދިނުން އެންމެ އެކަށީގެންވަނީ ގާތުންދޭކިރު ނުދެވޭ ހާލަތުގައެވެ.

“ޑެނޯން އަޕްޓަމިލް” ފޯރމިއުލަރ ކިރުގެ 400ގ ޕެކެޓެއް 160ރ އަށް ރީޓެއިލްކޮށް އެސްޓީއޯއިން ލިބެންހުންނާނެއެވެ.

ޑެނޯން ޕްރޮޓިނެކްސް މަމާ

އުފަންނުވާ ދަރިފުޅަށް ސިއްޙީގޮތުން ބޭނުންވާ މާއްދާތައް ލިއްބައިދެނީ މައިމީހާގެ ހަށިގަނޑުން ކަމުގައިވުމާއިއެކު، “ޑެނޯން ޕްރޮޓިނެކްސް މަމާ” އުފައްދާފައިވަނީ ޕްރޮޓީނުން ފައްކާކުރެވިފައިވާ އަދި ދަރިފުޅުގެ ހަށިގަނޑާއި ސިނކުޑި ތަރައްގީވެގެންދިއުމަށް ބޭނުންވާ “ޑީ.އެޗް.އޭ” މާއްދާތައް ހިމެނޭގޮތަށެވެ. އެގޮތުން “ޑެނޯން ޕްރޮޓިނެކްސް މަމާ” ގައި ސޯއި ޕްރޮޓީން އާއި ބަނޑުބޮޑުއިރުގައި މައިމީހާއަށް ބޭނުންތެރި ފޯލިކް އެސިޑްގެ އިތުރުން ބޭނުންތެރި 23 ވިޓަމިން އަދި މިނަރަލްސް ހިމެނެއެވެ. “ޑެނޯން ޕްރޮޓިނެކްސް މަމާ” ވެނީލާ އަދި ޗޮކްލެޓް ފްލޭވަރގައި ލިބެންހުންނައިރު 250ގ ދަޅެއް ރީޓެއިލްކޮށް އެސްޓީއޯއިން ވިއްކަނީ 115ރ އަށެވެ.

ޑެނޯން ޕްރޮޓިނެކްސް ޖޫނިއަރ/ ޑެނޯން ޕްރޮޓިނެކްސް ގުރޯ

ދަރިފުޅުގެ އުމުރުން 2 އަހަރާއި 8 އަހަރަކީ ހެދިބޮޑުވުމުގެ ނާޒުކު ދުވަސްވަރެކެވެ. އެގޮތުން ހަށިގަނޑުގެ ހެދިބޮޑުވުމަށް ޕްރޮޓީން އަދި ސިކުނޑި ތަރައްޤީވުމަށް ޑީއެޗްއޭ، އަޔަން އަދި އަޔޮޑިން މުހިންމުވެގެންދެއެވެ. “ޑެނޯން ޕްރޮޓިނެކްސް ޖޫނިއަރ” ތައްޔާރުކުރެވިފައިވަނީ މި މާއްދާތަކާއިއެކު ދުޅަހެޔޮ ސިއްޙަތަކަށް މުހިންމު 37 މާއްދާ އެކުލެވިގެންނެވެ. “ޑެނޯން ޕްރޮޓިނެކްސް ޖޫނިއަރ” ޗޮކޮލެޓް އަދި ވެނީލާ ފްލޭވަރގައި ލިބެންހުންނައިރު 400ގ ދަޅެއް ރީޓެއިލްކޮށް އެސްޓީއޯއިން ވިއްކަނީ 175ރ އަށެވެ.

އެގޮތުން ދަރިފުޅުގެ ދިފާއިބާރު ގަދަކޮށްދޭ، ދުޅަހެޔޮ ސިއްޙަތެއްގައި ބަރުދަން އަދި އިސްކޮޅު އިތުރުކޮށްދޭ، ހަކަތަ ލިއްބައިދޭ، އަދި ދަތާއި ކަށި ވަރުގަދަކޮށްދޭ މާއްދާތައް “ޑެނޯން ޕްރޮޓިނެކްސް ގްރޯ” ގައި ހިމެނެއެވެ. “ޑެނޯން ޕްރޮޓިނެކްސް ގްރޯ” ޗޮކްލެޓް ފްލޭވަރގައި ކަސްޓަމަރުންނަށް ލިބެންހުންނައިރު 400ގ ދަޅެއް ރީޓެއިލްކޮށް އެސްޓީއޯއިން ވިއްކަނީ 115ރ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355