twitterviber whatsapp telegramfacebookyoutube instagram
25th September 2026

ޓެސްޓް މަރުހަލާ ނިންމާ ދުބާއީ ޕޮލިހުން ހޯވާބައިކް ބޭނުން ކުރަން ފަށަނީ

Nov 15, 2018

ދުބާއި ޕޮލިހުންމިވަނީ ކުރިއަށް އޮތް ތަނުގައި ހޯވާބައިކް ބޭނުން ކުރުމަށްޓަކައި ޓެސްޓު ކުރުން ފަށާފައެވެ.

މިއީ ދުބާއި ޕޮލިހުން އެމެރިކާ ޕޮލިހުންގެ މައްޗަށް ހޯދި ބޮޑު ކުރިއެރުމެއްކަމަށް ގިނަ ބަޔަކު ދެކޭ އިރު އެމެރިކާގެ ޕޮލިހުން ވަނީ ކެމެރާ ބޭނުން ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއްކޮށްފަ އެެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވެ އުޅެނިކޮށް އެންމެ ފަހު ޓެކްނޮލޮޖީ ބޭނުންކޮށް ދުބާއީ ޕޮލިހުން ހޯދި މިއީ ބޮޑު ކުރި އެރުމެވެ.

ހޯވާސާރފްގެ އެސް3 2019 ބްރޭންޑްގެ ހޯވާބައިކް ނުވަތަ އުދުހުމުގެ ބާރު ލިބިފައިވާ މި ބައިކަކީ ޑްރޯން ފަދައިން ހަތަރު ބުރަފަތި ލާފައި އެކަކަށް އެރޭ ގޮތަށް އިންނަ ބައިކެކެވެ. ސީއެންއެން އިން މައުލޫމާތު ދޭ ގޮތުގައި 2020 ގައި ރަސްމީކޮށް މި ބައިކް ބޭނުން ކުރުމަށް މިހާރު ޓެސްޓް ކުރަމުން އަންނަ އިރު މި ބައިކް ބިމުން 16 ފޫޓް މައްޗަށް އެރުމުގެ ގާބިލްކަން ލިބިފައިވެއެވެ.

ޓެސްޓްކޮށް ނިންމާ ދުބާއީ ފުލުހުން އެދެފިނަމަ އޭގެ 40 ބައިކް ހަދައިދޭނެ ކަމަށް ހޯވާސާރފްއިން ބުނެފައިވެއެވެ. މިވަގުތު ޓެސްޓު ކުރުމަށް ގެންގުޅެނީ އެންމެ ބައިކެކެވެ.

އެއްލައްކަ ފަންސާސް ހާސް ޑޮލަރުގެ އަގުހުރި މި ބައިކު ހަދާފައިވަނީ ކާބަން ފައިބާއިންނެވެ. ބައިކެއްގެ ބަރުދަނުގައި 253 ޕައުންޑް ހުރެއެވެ. ގަޑިއިރަކު 60 މޭލަށް މިބައިކަށް ދަތުރު ކުރެވެއެވެ. އަދި ޑޮރޯން މޯޑްގައި ބައިކުގައި މީހަކުނެތި ވެސް އުދުހުމުގެ ގާބިލްކަން ހޯވާބައިކަށް ލިބިގެން ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293