twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބޮޑެތި ޑިސްކައުންޓްތަކާއެކު ޝީޝާގެ 100 ދުވަސް ޕްރޮމޯޝަން ފަށައިފި

Dec 15, 2018

ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ޝީޝާއިން “100 ދުވަސް”ގެ ނަމުގައި ބޮޑެތި ޑިސްކައުންޓްތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

100 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ފުލް ޕޭމެންޓާއި އިންސްޓޯލްމަންޓުން ފައިސާ ދައްކަވާ ކަސްޓަމަރުންނާއި، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އެމްއެފްއެލްސީ ސްކީމުގެ ދަށުން ސައިކަލު ބައްލަވައިގަންނަވާ ފަރާތްތައްވެސް ހިމެނޭ ގޮތުން ޝީޝާގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޑިސްކައުންޓްތައް ލިބިގެންދާ އެވެ.

މި ފްރޮމޯޝަންގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުންދާ ހޮންޑާ އެއާރބުލޭޑް ސައިކަލުން އިން ވަނީ ވަރަށް ބޮޑު ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ. އެގޮތުން ޖެނުއަރީ 15 ކުރިން ރިޒާވް ކުރާ އެއާރބުލޭޑް 54،100ރ ލިބޭނެ އެވެ. އެއާރބުލޭޑްގެ މާކެޓްގެ އަގު އުޅެނީ 67،000ރ އަށްވުރެ މަތީގަ އެވެ.

ކުޅުދުއްފުށީގައި ހުންނަ ޝީޝާގެ އައުޓްލެޓްގައި ބަހައްޓާފައި ހުރި ސައިކަލުތަކެއް–

މި ޕްރޮމޯޝަންގެ ދަށުން ޝީޝާގެ  ފިހާރަތައް ނުހުންނަށް ރަށްރަށަށް ސައިކަލް ގެންދާނަމަ ދޯންޏަށް ދައްކާ ނާލު ފައިސާގެ ގޮތުގައި 500ރ ވެސް ދޭންވަނީ ނިންމާފަ އެވެ.

ޝީޝާއިން މީގެ ކުރިން ކުރިއަށްގެންދިޔަ ހޮންޑާގެ ޒޫމާ އެކްސް ސައިކަލުގެ އިންސްޓޯލްމަންޓް ޗާޖު އެއް ޕަސެންޓުގައި ދެމުން ދިޔަ “ޒޫމާ އެކްސް ސަޅި ޑީލް” ޕްރޮމޯޝަންވެސް 100 ދުވަސް ޕްރޮމޯޝަނުގެ މުއްދަތަށް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފަ އެވެ.

100 ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޓީޗަރުންނަށާއި ނަރުހުންނަށް ހާއްސަ އިންސްޓޯލްމަންޓް ޑިސްކައުންޓް ޕެކޭޖެއް ލިބިގެންދާނެ އެވެ. އެގޮތުން އެފަރާތްތަކަށް މި ޕެކޭޖްގެ ދަށުން އިންސްޓޯލްމަންޓް ޗާޖްކުރާނީ 1.25 ޕަސެންޓެވެ.

ކުޅުދުއްފުށީގައި ހުންނަ ޝީޝާގެ އައުޓްލެޓްގައި ބަހައްޓާފައި ހުރި ސައިކަލުތަކެއް–

ކުޅުދުއްފުއްޓާއި އައްޑޫ އަދި ހުޅުމާލެ، މާލޭގައިވެސް ޝީޝާގެ ފިހާރަ ހުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355