twitterviber whatsapp telegramfacebookyoutube instagram
5th June 2025

ކުލަގަދަ އިވެންޓަކާއެކު ނިވައިރޯޅި މިރޭ ތިލަދެކުނު ސިނަމާގައި އަޅުވަނީ

Jan 5, 2019

ނިއުމާ މުހައްމަދުގެ ވަދާއި ފިލްމު ނިވައިރޯޅި ކުޅުދުއްފުށީގައި މިރޭ ޕްރިމިއާ ކުރާއިރު، ފިލްމު ޕްރިމިއާ ކުރާނީ ރެޑްކާޕެޓް އިވެންޓަކާއި އެކު އެވެ.

އެގޮތުން މި އިވެންޓުގައި ނިއުމާ މުހައްމަދުގެ އިތުރުން މި ފިލްމުގައި ފެނިގެންދާ ފާތިމަތު ޒީނަތު ވެސް ބައިވއެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުޅުދުއްފުށީގައި ފިލްމުގެ ދެ ޝޯ އެޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނިވައިރޯޅި މާލޭގައި ޕްރިމިއާ ކޮށްފައިވަނީ މިމަހު 3 ވަނަ ދުވަހުއެވެ. ފިލްމީ ދައިރާގައި 24 އަހަރު މަސައްކަތް ކުރުމަށްފަހު ނިއުމާގެ ވަދާއީ ފިލްމު އޮލިމްޕަހުގައިވެސް އަޅުވާފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކުއެވެ. އެގޮތުން ފިލްމު ޕްރިމިއާ ކޮށްދެއްވީ ހަފުލާގެ ޝަރަފުވެރި މެހެމާން އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނެވެ.

“ނިވައިރޯޅި” އަކީ “ހެޕީ ބާތުޑޭ” އާއި “ލޫދިފާ” ފަދަ އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭ ފިލްމްތައް ގެނެސްދީފައިވާ ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމެކެވެ.

ނިއުމާއާއިއެކު “ނިވައިރޯޅި”ގެ ކާސްޓުގައި ޔޫއްޕެ، ފާތިމަތު ޒީނަތު، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355