twitterviber whatsapp telegramfacebookyoutube instagram
9th September 2026

ސެމްސަންގް ގެލެކްސީ އެސް10 ލޯންޗުކުރުން ފެބްރުއަރީގައި

Jan 28, 2019

ސެމްސަންގް ގެލެކްސީ 10 ގެ މޮޑެލްގެ ފޯނުތައް އަންނަ މަހު ލޯންޗުކުރުމުގެ ވާހަކަ ދެކެވެމުން ދާއިރު މި ފޯނުގެ ޑިޒައިނަށް އައި ބޮޑު ބަދަލާއިއެކު މިފަހަރު ރިވާސް ވަޔަލެސް ޗާޖިންވެސް ވަނީ ހިމަނާފަ އެވެ.

ސެމްސަންގެ ފޯނުތަކަކީ އެފަލް ފޯނުތަކުގެ ކޮޕީއެއްކަމަށް ބުނެ ދައްކަމުން އައި ވާހަކަ ތަކަށް ގެލެކްސީ 10 ގެ ފަސްޓް ލުކާއިއެކު ހުއްޓުމަކަށް އައީ އެވެ. ރިޕޯޓުތަކުން ބުނާގޮތުގައި މި ފަހަރު ގެލެކްސީ 10 ގެ 3 މޮޑެލްގެ ފޯނު ލޯންޗު ކުރެވޭނެ އެެވެ.

އެއީ އެސް 10 އަދި އެސް 10 ބަޖެޓް ވާޝަނެއްގެ އިތުރުން އެސް 10 ޕްލަސް އެެވެ. މީގެ ތެރެއިން އެސް 10 ޕްލަސްގައި ކުރިމަތީގައިވެސް 2 ކެމެރާ އިނދެއެވެ. އަދި އެސް 10 މޮޑެލްގެ ފޯނުތައް އިތުރުން ގިނަ ކުލަތަކެއްގައި ވެސް ނެރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން ހުދު، ކަޅު، ނޫ، ފެހި ހިމެނެއެވެ.

މީގެ އިތުރުން އެސް 10 ގައި ބެޓެރި ވެސް ގިނަ އިރު ހިފަހައްޓާދޭ އިރު ރިޕޯޓުތަކުން ބުނާގޮތުން އެސް 10 އެޕަލްގެ އެސްއާރުގެ ވިޔަފާރި ނަގާނެއެވެ. އެންމެ ފަހުން ނެރުނު ވާވޭ 20 ޕްރޯއަކީވެސް އެޕަލްއަށް ގޮންޖަހާލެވޭ ފަދަ ފޯނެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އެޕަލްގެ އިިތުރުން އެންމެ ބޮޑު އާމްދަނީއެއްވެސް ހޯދާފައިވަނީ ވާވޭއިންނެވެ. އަދި އަންނަ އަހަރުވެސް މި ރިކޯޑް ހޯދާނީ ވާވޭން ކަމަށް ގަބޫލް ކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293