twitterviber whatsapp telegramfacebookyoutube instagram
13th November 2019

ރަށު ޕިކަޕެއް ލިބޭ ޕްރޮމޯޝަންގެ ގުރުއަތު ނެގުން މާދަމާ

Feb 1, 2019

ބެސްޓް ބަޑީ ފިހާރައިން ކުރިއަށްގެންދިޔަ “މަށަށް ރަށު ޕިކަޕެއް” މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން މާދަމާ ބާއްވަން ނިންމައިފި އެވެ.

ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ޕްރޮމޯޝަނުންގެ ގުރުއަތު ނެގުން އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު ބެސްޓް ބަޑީ ޝޯ ރޫމް ގަ އެވެ.

ބެޓެރީ ވެހިކަލް އާއި ބައިސްކަލްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ވިއްކަމުންދާ ބެސްޓް ބަޑީން މިޕްރޮމޯޝަން ކުރިއަށްގެންދިޔައީ ގޮތަށް ކުރިން ނިންމީ 1 ނޮވެމްބަރުން ފެށިގެން މި ދިޔަ ޖެނުއަރީމަހުގެ 30 ގެ ނިޔަލަށެވެ.

ބެސްޓް ބަޑީން ބުނީ މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި މިމަހުގެ ތެރޭގައިވެސް އެފިހާރައިން ޕްރޮމޯޝަނެއް ފަށާނެކަމަށެވެ. ބެސްޓް ބަޑީން އަންނަނީ އަބަދުވެސް ގިނަ ޕްރޮމޯޝަންތަކެއް ބާއްވާ ކަސްޓަމަރުންނަށް އަގުހެޔޮކޮށް މުދާ ވިއްކަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355