ބެސްޓްބަޑީގެ ހާޑްވެއަރ ފިހާރައެއް “ބެސްޓް ސަރކަލް” ނަމުގައި ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.
މި ހާޑްވެއަރ ފިހާރަ ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފިހާރަ ހުޅުވައިދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ. މި ރަސްމިއްޔާތުގައި ބައެއް ވިޔަފާރިވެރިންނާއި މުވައްސަސާތަކުގެ ވެރިން ބައިވެރިވި އެވެ.
މި ހާޑްވެއަރ ފިހާރައިގައި ތަފާތު އެކި ހާޑްވެއަރ ސާމާނު ވަރަށް ހެޔޮ އަގުގައި ލިބެން އެބަހުއްޓެވެ. އެގޮތުން ފާހާނާ ތަށި ސެޓް، ތަފާތު ކަރަންޓް ސާމާނު އަދި ހާޑްވެއަރ ސާމާނު ލިބެން އެބަހުއްޓެވެ.
ބެސްޓްބަޑީން މިއަދު ހުޅުވި ހާޑްވެއަރ ފިހާރަ–
ބެސްޓް ބަޑީ ގެންނަ ބެޓެރީ ސައިކަލްތަކުގެ ސްޕެއަރ ޕާޓް ސާމަނުތައްވެސް ހެޔޮއަގުގައި ލިބެން އެބަހުރި އެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބެސްޓްބަޑީގެ އޯނަރު އިބުރާހިމް ރަޝީދު ވިދާޅުވީ އެބޭފުޅުންގެ އަމާޒަކީ މިސަރަހައްދުގެ ރައްޔިތުންނަށް ހެޔޮއަގުގައި ތަފާތު އެކި ބާވަތްތަކުގެ މުދާ ފަސޭހައިން ލިބޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.
މިމަހުގެ ތެރޭގައި އިތުރު ކޮންޓެއިނާއެއް ގިނަ އަދަދެއްގެ ހާޑްވެއަރ ސާމާނާއެކު އަންނާނެ ކަމަށާއި އޭގައި ތަފާތު ހާޑްވެއަރ ސާމާނު ހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ. މިހާރުވެސް ބެބެރީ ވެހިކަލްތަކުގައި ސްޕެއަރ ޕާޓްސް އާއި ބައިސްކަލްގެ ސްޕެއަރވެސް ހުންނާނެ ކަމަށް އިބުރާހިމް ވިދާޅުވި އެވެ.
ބެސްޓްބަޑީން އަންނަނީ ޕްރީ އޯޑަރު ދިނުމުން ފަރުނީޗަރު ސެޓް ފަދަ ތަކެތި އަގުހެޔޮކޮށް ޗައިނާއިން ގެނެސްދެމުންނެވެ.
ބެސްޓްބަޑީން މިއަދު ހުޅުވި ހާޑްވެއަރ ފިހާރަ–
މި ފިހާރަ ހުންނަނީ ނިކަގަސްމަގު، ސޭމް ސްޕޯޓްސް ފިހާރަ ކައިރީގަ އެވެ.