twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބެސްޓްބަޑީގެ ފިހާރައެއް މާލޭގައި ހުޅުވައިފި

Mar 5, 2019

ބެސްޓްބަޑީގެ ވިޔަފާރި ފުޅާކޮށް ކަސްޓަމަރުންނާ އިތުރަށް ގާތްކޮށް ވިޔަފާރިކުރުމުގެ މަގުސަދުގައި މާލޭގައި އިތުރު ފިހާރައެއް ހުޅުވައިފި އެވެ.

ބެސްޓްބަޑީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބެޓެރީ ވެހިކަލް އަދި އެއާގުޅޭ ސާމާނު ވިއްކާ ފިހާރައެއް މި ވިޔަފާރީގެ ތިން ފިހާރައެއް ކުޅުދުއްފުށީގައި ހުރެ އެވެ. އެކަމަކު ވިޔަފާރި ފުޅާވެ، ހިދުމަތް ހޯދައި ކަސްޓަމަރުން އިތުރުންވުމުން އެފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އެތަނުގެ ފިހާރައެއް މިވަނީ މާލޭގެ ހުޅުވާފަ އެވެ.

މާފަންނު ޖަވާހިރުމަގުގައި ހުޅުވި މި ފިހާރައާ ބެހޭގޮތުން ބެސްޓްބަޑީގެ އޯނަރު އިބުރާހިމް ރަޝީދު ވިދާޅުވީ މާލޭގައި ބެސްޓްބަޑީގެ ފިހާރައެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އެތަނުގެ ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުން ކަމަށެވެ.

މި ފިހާރައިންވެސް ކުޅުދުއްފުށިން ލިބެން ހުންނަށް ބެޓެރީ ވެހިކަލްތަކާއި އެއާ ގުޅޭ ސާމާނު އަދި ހާޑްވެއަރ ސާމާނުވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި އޯޑަރު ދިނުމުން ޗައިނާއިން ފަރުނީޗަރު ގެނެއުމުގެ ހިދުމަތްވެސް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ބެސްޓްބަޑީގެ ވިޔަފާރިއަކީ ސްކޫލުތަކާވެސް ގާތްގުޅުމެއް ބާއްވަމުންދާ ވިޔަފާރިއެކެވެ. އެގޮތުން ކުޅުދުއްފުއްޓާއި ރ އަތޮޅުގެ ސްކޫލުތަކަށްދަނީ ތަފާތު އެކި ގޮތްގޮތުން އެހިތެރިކަންފޯރުކޮށްދެމުންނެވެ. ދާދި ފަހުން ވަނީ މާލޭގެ ހިރިޔާ ސްކޫލަށްވެސް ބެސްޓްބަޑީ އެހީތެރިކަންފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355