twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުރީދޫ އިން ގެލެކްސީ އެސް 10 ގެ ޕްރީ އޯޑާއަށް ހުޅުވާލައިފި

Mar 5, 2019

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގުގެ ފަހުގެ ގެލެކްސީ އެސް 10 ސީރީޒް ރާއްޖޭގައި ތައާރަފްކޮށް ފޯނުތަށް ގަނެވޭނެ ހާއްސަ ޕްލޭންތަކެއް އިއުލާނު ކޮށްފިއެވެ.

ބައިނަލްއަޤްވާމީ ޓެކްނޮލޮޖީގެ ދާއިރާގެ ޝައުގުވެރިކަން ހޯދާފައިވާ މި ފޯނުތަށް ބައްލަވައިގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.

ރާއްޖޭގައި ސެމްސަންގް އެސް 10 ސީރީޒް ތައާރަފްކުރުމަށް މއުރީދޫ މޯލްޑިވްސްގެ މައިއޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާގައި ސެމްސަންގް އިންޑިއާ އިލެކްޓްރޮނިކްސްގެ ފަރާތުން މެނޭޖިންގް ޑައިރެކްޓަރ އޮފް ސްރީލަންކާ އެންޑް މޯލްޑިވްސް ހަންބޭ ޕާކް، ޑަރިރެކްޓަރ އޮފް މޮބައިލް ވައި.ކޭ ހވޯންގ، ހެޑް އޮފް މޮބައިލް އޮޕަރޭޝަންސް، ޝަންތަ ފަރނެންޑޯ، އަދި އުރީދޫ މޯލްޑިވްސް އިން ސީއީއޯ ނަޖީބް ޙާން؛ އަދި ޑައިރެކްޓަރ އޮފް ބްރޭންޑް އެންޑް ސޭލްސް، ހުސެން ނިޔާޒު ވަނީ ބައިވެރިވެފައެވެ.

އުރީދޫއިން ވަނީ ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ފޯނުތަކަށް ޕްރީއޯޑަރ ނަގަން ހުޅުވާލާފައެވެ. އަދި ޕްރީއޯޑަރ ކުރައްވާ ކޮންމެ ފޯނަކާއި އެކު އުރީދޫގެ ފަރާތުން ގެލެކްސީ ބަޑްސް ހަދިޔާކުރެވިގެންދާނެއެވެ. 1 އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް 12 ޖީބީގެ ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ބައްލަވައިގަނެވޭނެއެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

މަހުންމަހަށް ފައިސާދައްކާ ޕްލޭން

މަހަކު އެންމެ 942 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ. މި ޕްލޭން ޚާއްސަކުރެވިފައިވާ، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ ބޮޑު ޕޯސްޓްޕެއިޑް ޕެކޭޖެއް ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން މި ޕްލޭން ހިޔާރުކުރައްވާ ބޭފުޅުންނަށްވެސް އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދަވައި، ޕްރީއޯޑަރ ކުރެއްވުމަށް www.ooredoo.mv އަށް ޒިޔާރަތް ކުރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355