ދިރާގުން ރޭ ބޭއްވި ހަފްލާއެއްގައި ސެމްސަންގުގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ސެމްސަންގް ގެލެކްސީ އެސް10 ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައި އޮތްއިރު މި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ދިރާގު ހެޑް އޮފީސް ޕޯޓިކޯގަ އެވެ.
ސެެމްސަންގު ރީޖަނަލް އޮފީހުގެ އިސްވެރިން ބައިވެރިވި މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ގުރުއަތުން ހޮވުނު އެއް ފަރާތަކަށް އެސް10 ފޯނެއް ވަނީ ދީފައެވެ.
ސެމްސަންގް އެސް 10 ޕްލަސްގައި 2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާއާއި އެކު އޮން ސްކްރީން ފިންގަރ ޕްރިންޓް ޓެކްނޮލަޖީވެސް ހިމެނެއެވެ.
ސެމްސަންގް ގެލެކްސީ އެސް10 އަދި އެސް10 ޕްލަސްގެ ފޯނުތަކުގެ ތެރޭގައި 128 ޖީބީގެ ފޯނާއި 512 ޖީބީ އަދި އެއް ޓީބީގެ ފޯނު ހިމެނެއެވެ. ވަޔަލެސް ޕަވާ ޝެއަރިންގެ ޓެކްނޮލަޖީ ހިމަނާފައިވާ މި ފޯނުތަކުން 4ކޭ ވީޑިއޯ ނެގޭނެ އެވެ.