twitterviber whatsapp telegramfacebookyoutube instagram
2nd July 2020

ސެމްސަންގ ގެލެކްސީ އެސް 10 5ޖީ ނެރުމަށް ތައްޔާރުވެއްޖެ

Apr 2, 2019

މިއަހަރު ގެ ފެބްރުއަރީ މަސް ފެނިގެންދިޔައީ ސެމްސަންގ އަށް ބިޒީ މަހެއްގެ ގޮތުގައެވެ. އެމަހު އެކުންފުނިން ސެންފްރެންސިސްކޯ ގައި ބޭއްވި އިވެންޓެއްގައި ތަފާތު ތިން ފޯނެއް އެކުންފުނިން ތައާރަފް ކުރިއެވެ. އެއީ ގެލެކްސީ އެސް 10 އާއި ގެލެކްސީ އެސް 10 ޕްލަސް އަދި އަގުހެޔޮ ފޯނު ގެލެކްސީ އެސް 10 އީ އެވެ. މީގެ އިތުރުން ސެމްސަންގެ ލައްޕާލެވޭ ފޯނު ކަމުގައިވާ ގެލެކްސީ ފޯލްޑަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ނަމަވެސް އެދުވަހު ސެމްސަންގ އިން 5ޖީ ފޯނުގެ ވާހަކައިގެ ސުރުހީ އަޅާލުން ނޫންކަމެއް ނުކުރެއެވެ.

ނަމަވެސް މިހާރު އެކުންފުނިން ތައްޔާރުވަމުން ދަނީ ދުނިޔޭގެ ފުރަތަމަ 5ޖީ ފޯނު ބާޒާރަށް ނެރޭށެވެ. އެގޮތުން ސެމްސަންގ ގެލެކްސީ އެސް 10 5ޖީ އެޕްރީލް 5 ވަނަ ދުވަހު ނެރުމަށް އެކުންފުނިން މިހާރު ވަނީ ހުރިހާ ތައްޔާރީ އެއް ވެފައެވެ.

ޓެކް ހަބަރުތައް ގެނެސްދޭ ވެބްސައިޓް ތައް ބުނާގޮތުން މީގެ ފޯނެއް ލިބޭނީ 1300 ޑޮލަރު ހާވަރަށެވެ.

5ޖީ ގެ ފޯނަކާއެކު 5ޖީ ކަނެކްޓިވިޓީ ބޭނުންކުރާއިރު، 4ޖީ އަށްވުރެ 20 ގުނަ ނެޓްވޯކް ސްޕީޑު ހަލުވި ވާނެކަމަށް ބެލެވެއެވެ. މި ސްޕީޑާއެކު 4ކޭ ވީޑިއޯ ކޯލްސް ކުރެވޭނެ އެވެ. އަދި ވީޑިއޯ ސްޓްރީމިންނާއި ވީޑިއޯ ގޭމް އޮންލައިންކޮށް ކުޅޭ ފަރާތްތަކަށް ބޮޑު ހަބަރަކަށް ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355