twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކިޔުގައި މަޑުނުކޮށް ވޯޓު ލުމުގެ އިންތިޒާމް ވާނީ ހަމަޖައްސާފަ: އީސީ

ޚަދީޖާ އާދަމް
Apr 4, 2019

މަޖިލީސް އިންތިހާބުގައި ވޯޓުލާން ކިޔުގައި މަޑުނުކޮށް ވޯޓު ލެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެގޮތުން އީސީގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ރިޔާސީ އިންތިހާބުގައި ވޯޓު ލާން ގިނައިރު ކިޔޫގައި ތިބެން ޖެހުމުގެ މައްސަލަ މި އިންތިހާބުގައި ދިމައެއް ނުވާނެ ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގިނަ ބަޔަކަށް ވޯޓު ލެވުނީ ކިޔޫގައި އެތައް އިރެއް ހޭދަކޮށްގެންނެވެ.

އެ މައްސަލަ ދިމާވި ޓެބްލެޓުން ލިސްޓު ޗެކްކުރުން ލަސްވުމާއި އެއް ފޮއްޓަކަށް ގިނަ ބަޔަކު ވޯޓު ލާން ޖެހުމެވެ. އެގޮތުން ރާއްޖެ އިން ބޭރުގައި ބެހެއްޓި ބައެއް ފޮށިތަކަށް ވޯޓު ލާން އެއް ބަޔަކު އަށް ގަޑިއިރު ތިބެން ޖެހުނެވެ. މާލެ އާއި ރަށްރަށުގައި ވެސް ވޯޓުލާން ގިނައިރުތަކެއް ވެ ވޯޓު ލުމުގެ ވަގުތު ވެސް އިތުރު ކުރި އެވެ.

މި ފަހަރުގެ އިންތިހާބުގައި ނެޓްވޯކް މައްސަލަ ޖެހުނު ކަމަށްވިއަސް އޮފްލައިންކޮށް ލިސްޓު ބެލޭނެ އިންތިޒާމް ވަނީ ހަމައްޖާސަފަ އެވެ. މީގެ އިތުރުން މި ފަހަރު އެއް ފޮއްޓަކަށް 700 އަށް ވުރެ ގިނަ މީހުން ވޯޓު ލާ ނަމަ، އެއް ފަހަރާ ދެ މީހުންނަށް ވޯޓު ލެވޭ ގޮތަށް އިންތިޒާމްތައް ވަނީ ބަދަލުކޮށްފަ އެވެ. އަދި އެއް ފޮއްޓަކަށް އެންމެ ގިނަ އިން ވޯޓު ލާ އަދަދަކީ 1،000 މީހުންކަމަށްވެސް އީސީން ވަނީ ހަމަޖައްސާފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވުމަށް ހަމަޖެހިފައިވ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލަ 501 ވޯޓު ފޮށި ބަހައްޓާނެ އެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފަ ވާއިރު ޖުމްލަ 386 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރައްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355