މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާއިން އޮފިޑް ފަންޑުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ހާމަކޮށްފި އެވެ.
އެ މިނިސްޓްރީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުމްލަ 14.52 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން 7 ރަށެއްގެ ފެނުގެ ނިޒާމް، 8 ރަށެއްގެ ނަރުދަމާ ނިޒާމް، 5 ރަށެއްގެ ބަނދަރުގެ މަޝްރޫއު ފެށުމަށް ނިންމާފައިވާ ކަމަށެވެެ.
އެގޮތުން ފެނުގެ ނިޒާމް، ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވަ ރަށްތައް:
- ހދ މަކުނުދޫ
- ހދ ނެއްލައިދޫ
- ހދ ނޭކުރެންދޫ
- ށ ފޭދޫ
- ބ ކެންދޫ
މި ރަށްތަކުގައި މި ދެ މަޝްރޫއުވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. މި ރަށްތަކުގެ އިތުރުން ގދ ވާދޫގައި ނަރުދަމާގެ ނިޒާމް ގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ރަށްތަށް:
- ބ ދޮންފަނު
- ބ ކިހާދޫ
- ބ ކުޑަރިކިލި
- ގއ ކޮލަމާފުށި
- ގއ ހޯޑެއްދޫ
މި ރަށްތަކުގައި މި މަސައްކަތް ފެށުމަށްޓަކައި ބިޑްކުރުމުގެ މަރުހަލާ މި އަހަރުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. މި މަޝްރޫއުތަކުގެ އެޕްރެއިސަލް މިޝަން މިދިޔަ ޖެނުއަރީ މަހު ވަނީ ނިންމާފަ އެެވެ.