twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިންފްލުއެންޒާ ވެކްސިން ޖަހަން އިލްތިމާސްކޮށްފި

ޚަދީޖާ އާދަމް
Apr 5, 2019

އިންފްލުއެންޒާ ވެކްސިން ޖަހަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިކަމަށް އިލްތިމާސް ކޮށްފައިމިވަނީ ކުރިއަށް އޮތް ތަނުގައި އިންފްލުއެންޒާ ރޯގާ ފެތުރުން އާއްމުވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.

އެ ބަލި ފަތުރާ ވައިރަސް އަކީ ކޮންމެ އަހަރަކު ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަ ވައިރަސް އެއް ކަމަށް ވުމުން، އެ ބަލިން ރައްކާތެރިވާން ޖަހާ ވެކްސިނަށް ވެސް ކޮންމެ ހަ މަހަކުން ބަދަލު ގެނެ އެވެ. އެހެންކަމުން އެބަލިން ރައްކާތެރިވުމަށް އަހަރަކު އެއްފަހަރު ވެކްސިން ޖަހަން ޖެހެ އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިންފްލުއެންޒާ ރޯގާ ފެތުރުމުގެ ބިރު ބޮޑު ކަމަށެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މި ބަލީގެ ސަބަބުން ފުރާނަ އަށް ނުރައްކާވާނެ މީހުން ވެކްސިން ޖަހަން އިސްކަން ދޭން ޖެހެ އެވެ.

މި ބަލީގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ މާބަނޑު މީހުންނާއި، ދާއިމީ ބައްޔަށް ބޭސްކުރާމީހުން، ޑައަލިސިސް ހަދަމުން އަންނަ މީހުން، ކެންސަރަށް ފަރުވާ ހޯދަމުން ނުވަތަ ފަރުވާ ނިމިފައިވާ މީހުން، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ އުމުރުން ތިން އަހަރުން މަތީގެ ކުދިން، އުމުރުން ހަ މަހާއި ހަ އަހަރާއި ދެމެދުގެ ކުޑަކުދިން، 65 އަހަރުން މަތީގެ މީހުން ހިމެނެއެވެ.

ވެކްސިން ޖަހާ، ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިން، ފުރަތަމަ ޑޯޒް ޖަހާތާ އެއް މަސް ފަހުން ދެ ވަނަ ޑޯޒެއް ޖަހަން ޖެހޭނެ އެވެ. މި ބަލިން ސަލާމަތްވާން ބޭނުންވާ އިންފްލުއެންޒާ ވެކްސިން އޭޑީކޭ ފާމަސީ އާއި އެސްޓީއޯ ފާމަސީން ލިބޭނެ އެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާ އާއި ޑެންގީ ހުން އާންމުވާނެ ކަމަށް ލަފާކުރެވޭތީވެ، އެ ބަލިތަކާ ދެކޮޅަށް ކެމްޕެއިނެއް ވެސް އެޗްޕީއޭ އިން ވަނީ ހޯމަ ދުވަހު ފަށައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355