twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެނަކު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ފޮނުވާލައިފި

Apr 13, 2019
2

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެނަކު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ފޮނުވާލައިފި އެވެ.

ނ ލަންދޫއަށް އުފަން 21 އަހަރުގެ އަންހެން މީހާ މާލެ ފޮނުވާލީ ދުވަސް ނުފުރާ ރިހުން (ޕްރިމޭޗާރ ލޭރބާ ޕެއިން) އަންނާތީ އެކަމަށް ފަރުވާދެވެން ކޭއާރުއެޗުގައި ނުހުންނާތީ އެވެ.

ބަނޑަށް 32 ހަފްތާވެފައިވާ އެ އަންހެން މީހާ ހެލިކޮޕްޓަރުގައި ފޮނުވާލީ މިއަދު މެންދުރުގެ ވަގުތެއްގައި އެވެ. ހެލިކޮޕްޓަރު ޖައްސާފައިވަނީ އެއާޕޯޓަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދުވަސް ނުފުރާ ކުދިންނަށް ފަރުވާދެވޭނެ ނިޒާމެއް ގާއިމުވެފައިނުވާތީ މިފަދަ ކޭސްތައް ފޮނުވަނީ މާލެއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355