twitterviber whatsapp telegramfacebookyoutube instagram
24th June 2019

ކޮންމެ ދުވަހަކު ކަދުރު ކެއުން، ހަށިގަނޑަށް ގިނަ ފައިދާތަކެއް

ނަބީލާ އިސްމާޢީލް
May 9, 2019

ދިވެހިންގެ ތެރޭގައި ކަދުރަކީ ހަމައެކަނި ރޯދަމަހަށް ހާއްސަ އެއްޗަކަށްވެފައި ވީނަމަވެސް ކަދުރަކީ ވަރަށް ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭ އެއްޗެއް ކަމާމެދު ޝައްކެއް ނެތެވެ. ދީނީ ގޮތުންނާއި ސައިންސްގެ އެހީގައި ކަދުރުގެ މޮޅުކަން މިއަދު މިވަނީ ޔަގީންކުރެވިފަ އެވެ

ހަފްތާއެއްވަންދެން ދުވާލަކު 3 ކަދުރުކާނަމަ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ގޮހޮރުގެ ކެންސަރުން ދުރުކޮށްދެއެވެ. ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް މަގުފަހިވެ ނުރައްކާތެރި ބެކްޓީރިއާ ނައްތާލުމަށް މަސައްކަތް ކޮށްދިނުމުންނާ ގޮހޮރުގެ ކެންސަރާ ދުރުވެއެވެ.

ކަދުރުގައި ހިމެނޭ ގުދުރަތީ ފޮނިކަމާއި ގުލުކޯޒުގެ ސަބަބުން ހަށިގަނޑުގައި ވަރަށް އަވަހަށް ހަކަތައިގެ އަސަރު ޖައްސުވައިދެއެވެ. މީގެ އިރުތުން ކަދުރުން ހަށިގަނޑަށް ބޭނުންވާ ފައިބާރ، ޕޮޓާސިއަމް، މެގުނޭސިއަމް، ވިޓަމިންގެ އިތުރުން އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަށިގަނޑުގައި ވަރު ޖައްސައިދެ އެވެ.

ކަދުރުގައި ހިމެނޭ ވިޓަމިން ބީ6 ގެ ސަބަބުން ސިކުނޑީގެ މަސައްކަތް ފުރިހަމަކޮށްދީ މޫޑަށް އަންނަބަދަލުތަށް، ސްޓްރެސް އާއި ޑިޕްރެސަނުން ސަލާމަތް ކޮށްދެއެވެ.

ފުރަގަސްފަރާތު ނާރުތައް ބަލިކަށިވުމުގެ ސަބަބުން ފުރަގަސްފަރާތު ބަލިތައް ކުރިމަތިވާލެއް ގިނަ އެވެ. ކަދުރަކީ ފުރަގަސްފަރާތު ނާރުތައް ވަރުގަދަކޮށްދީ، ކަދުރުގައި ހިމެނޭ ފައިބަރގެ ސަބަބުން ބަނޑުހިކުމާއި ދުރުވެ ބޮޑުކަމުދިއުމަށް ފައްސޭހަވެ ފުރަގަސްފަރާތު ބަލިތަކާއި ދުރުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355