twitterviber whatsapp telegramfacebookyoutube instagram
18th April 2024

ސީޓީ މެޝިންގެ މަސައްކަތް ހުއްޓި، ރައްޔިތުންގެ ފާޑުކިއުން ސަރުކާރަށް

އިބްރާހިމް ހަމީދު
May 13, 2019
6

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓާފައިވާ ސީޓީ ސްކޭން މެޝިނުގެ ހިދުމަތް އަދި އެއްގޮތަކަށްވެސް ލިބެމުންނުދާތީ ރައްޔިތުންނާއި އެހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ފާޑުކިއުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

ނަންހާމަކުރަންނޭދޭ ރައްޔިތަކު ކޭއޯއަށް މައުލޫމާތު ހިއްސާ ކުރަމުން، ހިތްހަމަނުޖެހި ހުރެ ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ނިމިދިޔަ ޔާމިން ސަރުކާރުން ވަނީ ބަލިމީހުން ބޭތިބުމަށް ހާއްސަކޮށްފައިވާ ވޯޑެއް މަރާމާތުކޮށް ހެދުމަށްފަހު ސީޓީ މެޝިން އެތަނަށް ގެނެސް ހިދުމަތް ދޭންތައްޔާރުކޮށްފަ އެވެ.

"އެހެންނަމަވެސް މިއަދާއި ހަމައަށް އައިރުވެސް ހޮސްޕިޓަލުން ހިދުމަތް ހޯދަމުންދާ އެއްވެސް ރައްޔިތަކަށް އެ މެޝިންގެ ހިދުމަތެއް ނުލިބޭ ދިހަހާސް ރުފިޔާ ހަރަދުކޮށްފައި ސްކޭން ހަދަން މާލެދިއުމަކީ ކޮންމެ ރައްޔިތަކަށް ވާނެކަމެއްނޫން. މިއީ ހަމައެކަނި ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުމެއްނޫން މިއީ ތިލަދުންމަތީގެ ފަސްދޮޅަސް ހާސް ރައްޔިތުންގެ ކަންބޮޑުވުމެއް". އެމީހާ ބުންޏެވެ.

އެމީހާ އިތުރަށް ބުނީ އެތައްސަތޭކަ ރައްޔިތުން ކޮންމެ ދުވަހަކު ހިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭން މެޝިން ބެހެއްޓި ހުރިހާ މަސައްކަތެއް ނިމިފައިވާއިރު އެހިދުމަތް ހޮސްޕިޓަލުން ނުލިބުމަކީ ކޮން ބައެއްގެ ޒިންމާއެއްތޯ ބުނެ އެމީހާ ވަނީ ސުވާލު އުފައްދަވާފައެވެ.

"ކޮންމެ ސަރުކާރަކުންވެސް އިންތިހާބުތައް ކައިރިވެ ބޯމަތިވެގެން އަންނައިރު ކުޅުދުއްފުއްޓަށް އައިސް އެއިރެއްގެ ހިންގާ ސަރުކާރުގެ ތަފާތު ފަންތީގެ ބޭފުޅުން އައިސް ޕޯޑިއަމްތަކުގަޔާއި ތަފާތު ތަންތަނުގައި ފޮނި ބައިސާ ކަނޑަމުން ވިދާޅުވަމުން ގެންދަވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ވެގެންދާނީ ޓާސަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި މާލެއާއި އެއްފެންވަރަށް ހިދުމަތްދޭ ތަނަކަށް ހަދާނަމޭ ކިޔައި ރައްޔިތުންނަށް ދައްކަނީ މުޅީންވެސް ނަނާހުވަފެން." އެމީހާ ބުންޏެވެ.

މިމައްސަލައިގައި ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ތަސްލީމާ ވިދާޅުވީ ސީޓީ ސްކޭން މެޝިންގެ ހުރިހާ ކަންކަން ކުރިއަށް ގެންދަނީ އެސްޓީއޯއިން ކަމަށާއި އެމީހުން ބުނިގޮތަށް އެތަންތައްޔާރުކުރެވި ސީޓީ ސްކޭން މެޝިން ހުރީ ބެހެއްޓިފައި ކުރިން ދިމާވި ކަރަންޓްގެ މައްސަލަވެސް މިހާރުވަނީ ހައްލުކޮށްދެވިފައި އެ ކުންފުންނިން މީހުން އައިސް އިންސްޓޯލޭޝަން މަސައްކަތް ނިމޭއިރަށް ރައްޔިތުންނަށް ހިދުމަތްދެވޭނެކަމަށެވެ.

"އެމީހުން ބުނިގޮތަށް އެތަން ތައްޔާރުކޮށްފައި އެހުރީ. ވެއިޓް މިކުރަނީ އެކުންފުނީގެ މީހަކު އަންނަންދެން އަވަސްކުރުމަށްޓަކައި އެބޭފުޅުންނަށް މެއިލްވެސް ކޮށްފިން ވަރަށް އަވަސް ކޮށްދިނުމަށްވާނީ އެދިފައި އަޅުގަނޑުމެން ގަބޫލުކުރަން މެޝިންގެ ހިދުމަތް ނުދެވި ލަސްވެއްޖެކަން." ތަސްލީމާ ވިދާޅުވި އެވެ.

އިތުރަށް ތަސްލީމާ ވިދާޅުވީ ބަލަނީ ވީއެންމެ އަވަހަކަށް އެސްޓީއޯއާއި ވާހަކަ ދައްކައިގެން ސީޓީ ސްކޭން މެޝިން އިންސްޓޯލޭޝަން މަސައްކަތް ނިންމާ ރައްޔިތުންނަށް އެމެޝިންގެ ހިދުމަތް ފޯރުކޮށްދެވޭތޯކަމަށެވެ.

އިންޑިޔާގެ ނިމްސްއިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަހައްޓަން ގެނައި 16 ސްލައިސްގެ ސީޓީ މެޝިނެއްކެވެ.ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ކުރުމަށްޓަކައި މިދިޔައަހަރު އޮކްޓޫބަރުމަހު ވަނީ ޔާމީން ސަރުކާރުންވަނީ 120 ސްލައިސްގެ އެންމެ ޒަމާނީ ސީޓީ މެޝިނެއް ކުޅުދުއްފުއްޓަށް ގެނެސް އިންސްޓޯލްކޮށް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން ބުނެފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ކުރުމަށް ޔާމީން ސަރުކާރުންވަނީ 50 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355