twitterviber whatsapp telegramfacebookyoutube instagram
16th April 2024

ބޮޑެތި ބަދަލުތަކެއް ގެނެސް، 10 ހޮސްޕިޓަލެއްގެ ފެންވަރު މަތިކުރަނީ

އަބްދުލް ވާހިދު ޙަސަން
May 16, 2019
3

ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި 10 ހޮސްޕިޓަލަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފެންވަރު މަތިކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެ 10 ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ހިދުމަތްތެރިން ހަމަކޮށް، މެޝިނަރީޒް އާއި ބޭސް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެހެންކަމުން ސިއްހީ ހިދުމަތް ހޯދަން އުފުލާ ތަކުލީފު ކުޑަވެ އެ ހޮސްޕިޓަލްތަކާ ކައިރި ރަށްތަކުގެ މީހުންނަށް ވެސް ހިދުމަތް ހޯދަން ފަސޭހަވެގެންދާނެ ކަމަށެވެ. ހިދުމަތް މަތިކުރަން ނިންމާފައިވަނީ އެންމެ ބޮޑަށް ހައްލުކުރަން ޖެހިފައިވާ ހޮސްޕިޓާތަކާއި އާބާދީ އަދި ހިދުމަތުގެ ފެންވަރަށް ބެލުމަށްފަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 22 ހެލްތު ސެންޓަރެއްގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބައެއް ހޮސްޕިޓަލްތައް ޓާޝަރީ ހޮސްޕިޓަލްތަކަށް ވެސް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ހައްލުކޮށް ޑޮކްޓަރުން ރެކްރޫޓް ކުރުމާއި މިހާރު ތިބި ޑޮކްޓަރުންގެ ފެންވަރު މަތިކުރަން ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ކުރިއާ ތަފާތުކޮށް އެކަން މިހާރު ކުރަނީ ސީދާ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355