twitterviber whatsapp telegramfacebookyoutube instagram
24th June 2019

ކަސްޓަމްސްއަށް ލިބުނު އާމްދަނީ 15 އިންސަތަ އިތުރު

ނަބީލާ އިސްމާޢީލް
Jun 12, 2019

ފާއިތުވި މޭ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 15 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މޭ މަހު 236 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މި އަހަރުގެ މޭ މަހު މި އަދަދުވަނީ 271 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެއިތުރުން ފާއިތުވި މޭ މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު ވެސް މިދިޔަ އަހަރު އަހަރުގެ މޭ މަހާ އަޅާބަލާއިރު 4 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ މޭ މަހު މި އަދަދުވަނީ 3.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 22 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު ޔޫ.އޭ.އީ އިން 21 އިންސައްތަ އަދި ސިންގަޕޫރުން 12 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައެވެ.

ވޭތުވެދިޔަ މޭ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި 5 ގައުމަކީ ޗައިނާ، ޔޫ.އޭ.އީ، ސިންގަޕޫރު، އިންޑިއާ އަދި ސްރީލަންކާއެވެ. އަދި އެންމެ ގިނަ އެކްސްޕޯޓް ކުރި 5 ގައުމަކީ ތައިލެންޑް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އެމެރިކާ އަދި ވިއެޓްނާމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355