twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިލާ ކޮލެޖް އިންޓޭކް: 80 އަށްވުރެ ގިނަ ކޯހަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Jul 14, 2019

ވިލާ ކޮލެޖުގައި 2019 ވަނަ އަހަރު ސެޕްޓެމްބަރު އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ 80 އަށްވުރެ ގިނަ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. މި ކޯސްތައް މާލޭގެ ވިލާ ކޮލެޖްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަހުގައިވެސް ކުރިއަށްދާނެ އެވެ.

މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ 85 ކޯހެއްގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ބެޗެލަރސް ޑިގްރީ ކޯސްތައްވެސް ހިމެނެ އެވެ.

މި ގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ އިން ލޯ، އިކޮނޮމިކްސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ނަރސިންގ، ސައިކޮލޮޖީ، ހިއުމަން ރިސޯސް، އެކައުންޓިންގ، ޕަބްލިކް ހެލްތް، ޑައިވިން ކޯސްތައް ހިމެނެ އެވެ.

ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި މާސްޓަރސް ފެންވަރުގެ 12 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕޮލޮމާ/ސެޓްފިކެޓް ލެވެލްގެ 5 ކޯހަކާއި ޑިގްރީ ފެންވަރުގެ 19 ކޯހަކާއި މެރައިން ސްޓަޑީސްގެ 8 ކޯހަކާއި ޑިޕޮލޮމާ ފެންވަރުގެ 17 ކޯހަކާއި ފައުންޑޭޝަން/ސެޓްފިކެޓް 4 ފެންވަރުގެ 13 ކޯހަކާއި ސެޓްފިކެޓް 3 ފެންވަރުގެ 11 ކޯހެކެވެ.

މި ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 01 އޮގަސްޓް 2019 އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރމަހުގެ ފުރަތަމަ ދެހަފްތާ ތެރޭގަ އެވެ. އެކަށީގެންވާ އަދަދަކަށް ކުދިން ލިބިއްޖެނަމަ މި ހުރިހާ ކޯހެއްވެސް ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.

ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖް ވެބްސައިޓްގެ އިތުރުން ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 ގުޅުއްވާ މައުލޫމާތު ސާފުކުރެވޭނެ އެވެ. އަދި ކޯހަށް އެދޭ ފޯމު އެ ކޮލެޖްގެ ވެބްސައިޓްގެ އިތުރުން ވިލާ ކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަހުންވެސް ލިބެން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355