twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެންމެ ފަހުން ކޫޓީނިއޯ އެނބުރި ލިވަރޕޫލަށް!؟

ޚަދީޖާ އާދަމް
Jul 15, 2019

ރިޕޯޓްތައް ބުނާ ގޮތުން ލިވަރޕޫލްގެ ކުރީގެ ތަރި ފިލީޕޭ ކޫޓީނިއޯ ލޯން ޓްރާންސްފާ އެއްގެ ދަށުން އަނބުރާ އެޓީމަށް ދާން އެއްބަސް ވެއްޖެ އެވެ.120 މިލިއަން ޕައުންޑްގެ ބޮޑު އަގަކަށް ޖެނުއަރީ 2018 ގައި ކާމިޔާބު ކްލަބް ބާސެލޯނާއަށް ބަދަލުވި ކޫޓީނިއޯވަނީ އެޓީމާ އެކުވީ ކުރު މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.

ނަމަވެސް އެހެން ޓީމަކަށް ބަދަލުވުމުގެ ވާހަކަތަކާ މަޝްވަރާތައް މިފަހަކަށް އައިސް ދިޔައީ ވަރަށް ބޮޑަށް ކުރެވެމުންނެވެ. ގިނަ ބަޔަކު އަދި ހުދު އޭނާ ވަނީ ލިވަޕޫލާއެކު ދެއްކި މޮޅު ކުޅުން ބާސެލޯނާގައި ތަކުރާރު ނުކުރެވޭ ކަމަށް އެއްބަސްވެފަ އެވެ.އެހެން ޓީމަކަށް ބަދަލުމުގެ މަޝްވަރާތައް ފެށިގެން ދިޔައީވެސް މި ސަބަބާ ހެދި އެވެ. މިހެން މިކަން މިގޮތަށް އޮތަސް މިއަހަރު ޖުލައި 8 ގައި ނިމިގެން ދިޔަ ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި ބްރެޒިލްއާއެކު ކޫޓީނިއޯ ވަނީ ތަށި އުފުލާލާފަ އެވެ.ކްލަބް ލެވެލްގައި މިވަގުތު ފޯމަށް ކަޓާފައިވީ ނަމަވެސް ކޫޓީނިއޯ ވަނީ ކޮޕާ އެމެރިކާގައި މޮޅު ކުޅުމެއް ދައްކާ،މުހިއްމު ލަނޑުތަކެއް ޖަހައިދީ ތަށި ހޯދުމަށް އެހީވެދީފަ އެވެ.

މިއަދާ ޖެހެންދެންވެސް އަދި މިވަނީ މަޝްވަރާތައް އެއްކޮށް ނުނިމި ޓްރާންސްފަރ ޑީލް އެއްކޮށް ފުރިހަމަނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މެންޗެސްޓަރ ޔުނައިޓެޑްވެސް ވަނީ ކޫޓީނޯ ހޯދުމުގެ ރޭހައް ވަދެ މަޝްވަރާތައް ފަށާފަ އެވެ.ޓީމް ބަދަލު ކުރާނަމަ އަލުން ދާން ބޭނުންވަނީ ކުރީގެ ޓީމް ލިވަޕޫލަށް ކަމަށް ބުނެފައިވާ ކޫޓިނޯ ބޮޑަށް ބެލެވެނީ ލިވަރޕޫލްގެ 88 މިލިއަން ޕައުންޑްގެ މި ލޯން އޮފާއަށް އާބަސް ބުނާނެ ކަމަށެވެ.

2 އަހަރު ދުވަހުގެ މިލޯން އެއްބަސްވުމުގެ ދަށުން ކޫޓީނިއޯ ގެންނަން ލިވަރޕޫލްގެ ކޯޗް ޖާރގެން ކްލޮޕް ވެސް ބޭނުން ވާކަމަށް ރިޕޯޓަތައް ބުނާއިރު ބާސެލޯނާއިން މިގޮތަށް ކޫޓީނިއޯ ދޫކޮށްފާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.ސަބަބަކީ ބާސެލޯނާއިން އެޓީމުގެ ކުރީގެ ތަރި ނޭމާ ގެންނަން ވެސް ވާހަކަ ދެކެވެމުން ދާތީ އެކަމަށް ގިނަ ފައިސާ ހޯދޭނެ ގޮތެއް ބެލުމެވެ.

ލިވަޕޫލް ދޫކޮށް ބާސާއަށް ބަދަލު ވި ފަހުން ލިވަޕޫލް ވަނީ 2 ފަހަރު ޗެމްޕިއަންސް ލީގް ފައިނަލުގައި ކުޅި އެއް ފަހަރު ތަށި އުފުލާލާފަ އެވެ. މިދެ ފަހަރުވެސް ބާސެލޯނާވަނީ ހިތި ގޮތަކަށް މުބާރާތުން ކަޓާފަ އެވެ.ބައެއް ސަޕޯޓަރުންނާއި ފުޓްބޯޅައިގެ މާހިރުން ދެކޭ ގޮތުގައި ބާސެލޯނާގެ ކޯޗް އޭނެސްޓޯ ވަލްވާޑޭއަށް ކޫޓީނިއޯގެ ބޭނުން ހިފަން ނޭގުން އެއީ އޭނާގެ ދަށް ފޯމުގެ އަސްލެވެ. މިކަމާ ގިނަ ބައެއް ހިތްހަމަނުޖެހުން ވަލްވާޑޭއާ ދޭތެރޭ އޮތްކަން ސޯޝަލް މީޑިއާގައި ފާޅު ކުރާ އެކި ޝުޢޫރުތަކުން ދަނީ ފާހަގަވަމުންނެވެ.

ކޮންމެ އަކަސް އެކި ޙަބަރުތަކުގައި ކޫޓީނިއޯގެ ޓްރާންސްފަރގެ ވާހަކަތައް ވަރަށް ބާރަށް ދެކެވޭއިރު 27 އަހަރުގެ ޕްލޭމޭކަރގެ އޭޖެންޓް ކިއާ ޖޫރަޗިއަންވެސް ބުނީ މިމަޝްވަރާތަކުގައި އަދި ކަންކަން ހަމަޔަކަށް ނޭޅޭކަމަށެވެ. އެހެންކަމުން ކޫޓީނިއޯ ދެން ފެނިގެންދާނެ ޓީމެއް ބެލުމަށް އަދިވެސް މިޖެހެނީ އިންތިޒާރު ކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355