twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޭއާރުއެޗުގެ ހިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަޒީފާތަކެއް

ނަބީލާ އިސްމާޢީލް
Aug 31, 2019
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ގިނަ ވަޒީފާތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއީ ރީޖަނަލް ހޮސްޕިޓަލްތައް ފެންވަރު މަތިކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ޕްރޮގުރާމްގެ ދަށުން ހުޅުވާލާފައިވާ ވަޒީފާތަކެެކެވެ. އިދާރީ ގިނަ ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފައިވާއިރު ދާދި ފަހުން ވަނީ ކޭއާރުއެޗުގެ ޑިޕާޓްމަންޓްތަކަށް ވެރިން ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ.

ހެލްތް މިނިސްޓްރީން ހޯދަން އިއުލާން ކޮށްފައިވަނީ 2 ކްލިނިކް އެސިސްޓެންޓް، 1 ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ، 1 ސީނިއަރ ކޮމްޕިއުޓަރ ޕުރޮގުރާމަރ، 1 ކޮމްޕިއުޓަރ ޓެކްނީޝަން، 1 ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރގެ އިތުރުން ކަސްޓަމަރ ރިލޭޝަން އޮފިސަރެއްގެ އިތުރުން 1 ސީނިއަރ ނިއުރޯޑައިގްނޯސްޓިކް ޓެކްނީޝަން، 1ނިއުރޯޑައިގްނޯސްޓިކް ޓެކްނީޝަން، އަދި ސީނިއަރ އޮކިއުޕޭޝަނަލް ތެރަޕިސްޓް އާއި އޮކިއުޕޭޝަނަލް ތެރެޕިސްޓެކެވެ.

މި މަގާމު ތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަށް 05 ސެޕްޓެމްބަރ ގެ 13:30 ގެ ކުރިން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ތައުލީމީ ސެޓްފިކެޓްތައް ހުށައެޅުމަށް އެ އިއުލާނުގައިވެއެވެ. އަދި މީގެ ތެރެއިން ސީނިއަރ ނިއުރޯޑައިގްނޯސްޓިކް ޓެކްނީޝަން، ނިއުރޯޑައިގްނޯސްޓިކް ޓެކްނީޝަން އަދި ސީނިއަރ އޮކިއުޕޭޝަނަލް ތެރަޕިސްޓް އާއި އޮކިއުޕޭޝަނަލް ތެރެޕިސްޓުގެ މަގާމަށް ހުށައެޅުމުގެ ސުން ގަޑިއަކީ 09 ސެޕްޓެމްބާރުގެ 13:30ގެ ކުރިންނެވެ.

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ، ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހުގެ 15 ގެ ކުރިން ހޮސްޕިޓަލެއްގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށް އެއިއުލާނުގައި ވެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެ ކަމަށާއި މައުލޫމާތު ސާފުކުރަން 3014437 ނަންބަރު ފޯނާ ގުލުމަށަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355