twitterviber whatsapp telegramfacebookyoutube instagram
13th September 2026

ނެއްލައިދޫ ބަނދަރު ބޮޑުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 27, 2019

ހދ ނެއްލައިދޫއަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ( އެމްޓީސީސީއާ) ހަވާލުކޮށްފި އެވެ.

މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރިގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހެވެ.

47 މިލިއަންވުރެ ގިނަ ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރުގެ މުއްދަތަކަށެވެ. ނެއްލައިދޫ ބަނދަރު އަޕްގުރޭޑްކުރުމުގެ މި މަޝްރޫއުގެ ދަށުން 164 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ޖެހުމާއި 224 މީޓަރުގެ އެއްގަމު ތޮއްޓެއް ޖެހުން ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ބަނދަރުގެ ޕޭވްމެންޓް ހެދުމާއި މޫރިންގ ބްލޮކްސް ޖެހުމާއި ދެ ނެރު ބައްތި އާއި ބަނދަރު ސަރަހައްދުގައި 20 ބައްތި އަދި ރޭމްޕެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ނެއްލައިދޫގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ އެރަށަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ބަނދަރެކެވެ. ޑިންގީތަކާއި އޮޑިފަހަރު ގިނަ ވުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އަދި ދާދިފަހުން ގިނަ އަދަދަކަށް ބަނދަރު ތެރެއަށް ވެލިވަދެ ވަރަށް ބޮޑަށް ބަނދަރު ތިލަވެ ބީޗް ހެދިގެންދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293