މިހާރު ދޫކޮށްފައިވާ ހުސްގޯތިތަކުގައި ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްމިނިސްޓްރީން ހުޅުވާލި ފުުރުސަތުގައި ކުޅުުދުއްފުށީގައި ހުރި ހުސްގޯތިތަކުގައި މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމަށް ހުޅުވާލައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން އިއްޔެ ނެެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ ވައުދުގައި ހިމެނޭ ބައިތަކުގެ ތެރެއިން ހދ އަތޮޅުގައި އެޅުމަށްހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރޭގައި ދިރިއުޅުމަށްޓަކައި މިހާރު ދޫކޮށްފައިވާ ގޯތި ތަކުގައިވެސް މިދެންނެވި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ ފުރުސަތު އޮތްކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވާކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ތެރެއިން މިހާރު ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ހައުންސިން ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދަރާއިން ދޫކުރާ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު 15 ސެޕްޓެމްބަރ މަހު އެ އިދާރާ ބަންދުކުރުމުގެ ކުރިން ފޯމު ހުށައެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.