twitterviber whatsapp telegramfacebookyoutube instagram
13th August 2020

ކުއަންޓަމް ވެޓަރަންސް ކަޕް މިއަހަރު ބޮޑު ބަދަލެއް، ދެ ކެޓަގަރީއެއް، މުބާރާތް އޮކްޓޯބަރުގައި

ޚަދީޖާ އާދަމް
Sep 3, 2019

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުއާންޓަމް ވެޓެރަންސް ކަޕް މި އަހަރުވެސް އިއުލާންކޮށް ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ވަނީ ދެ ކެޓަގަރީއަކަށް ބަހާލާފައެވެ. އެއީ 40 އަހަރުން މަތި އަދި 40 އަހަރުން ދަށުގެ ކެޓަގަރީއަށެވެ.

މުބާރާތުގައި ބައިވެރިވެވޭނީ 1 އޮކްޓޯބަރަށް މީލާދީ ގޮތުން 35 އަހަރު ފުރިފައިވާ ކުޅުންތެރިންނަށެވެ. އެގޮތުން 40 އަހަރުން ދަށުގެ ކެޓަގަރީގައި ހިމެނޭނީ 1 އޮކްޓޯބަރަށް 35 އަހަރު ފުރި 40 އަހަރު ނުވާ ކުޅުންތެރިންނަށެވެ. އަދި 40 އަހަރުން މަތީގެ ކެޓަގަރީގައި ހިމެނޭނީ 40 އަހަރު ފުރިފައިވާ ކުޅުންތެރިންނަށެވެ.

ނަންނޯޓް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ނަން ނޯޓުކުުރުން 10 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހުގެ 22:00 ހަމައަށް ކުރިއަށް ދާނެއެވެ. މުބާރާތުގައި ނަންނޯޓް ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6528687 ނަންބަރާއެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިދިޔަ އަހަރު ވަނީ 9 ޓީމަކުން ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355