twitterviber whatsapp telegramfacebookyoutube instagram
11th December 2023

ކޭއާރުއެޗުން ތިން މަސްތެރޭ 82 މީހަކު ސީޓީ ސްކޭނިންގެ ހިދުމަތް ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Oct 2, 2019
1

ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުން ސީޓީ މެޝިނުގެ ހިދުމަތް ދޭން ފެށި ފަހުން 82 މީހަކު އެ ހިދުމަތް ހޯދާފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

128 ސްލައިސްގެ އެންމެ ޒަމާނީ ސީޓީ މެޝިނެއް ކޭއާރުއެޗަށް ގެނެސްފައިވަނީ ކުރީގެ ސަރުކާރުންނެވެ. އެ މެޝިންގެ ހިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ދެވަނަ ދުވަހު އެވެ.

މިނިމުނު ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހާ ހަމައަށް އެހޮސްޕިޓަލުން، ސީޓީގެ ހިދުމަތް 82 މީހަކު ހޯދާފައިވާކަމަށް ކޭއާރުއެޗް ހިންގުމާ ހަވާލުވެހުންނެވި ހަދީޖާ އަލީ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

"ގާތްގަނޑަށް ދުވާލަކު މީހެއްގެ ނިސްބަތުން ސީޓީ ހިދުމަތް ހޯދާފައިވޭ." ހަދީޖާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އަތޮޅުތެރޭގައި ހުންނަ އެންމެ ގިނަ މީހުން ހިދުމަތް ހޯދައި ހޮސްޕިޓަލެވެ. ކޮންމެ ހޮނިހިރު ދުވަހަކަށް އެކަނި ބަލާލިޔަސް 600 އެއްހާ މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355