twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަގުހުރި އިނާމުތަކާއި އެކު އުރީދޫ އިން ކްރޭޒީ ރޭސް ލޯންޗްކޮށްފި

ޚަދީޖާ އާދަމް
Oct 8, 2019

އުރީދޫ މޯލްޑިވްސް އިން ކްރޭޒީ ރޭސްގެ ނަމުގައި އެސްއެމްއެސް މުބާރާތެއް ތައާރަފްކޮށްފިއެވެ.

ކްރޭޒީ ރޭސްގެ ކުޅުންތެރިންގެ އަމާޒަކީ އަހާލެވޭ ތަފާތު ސުވާލުތަކަށް ވީހާވެސް އަވަހަކަށް ޖަވާބު ރަނގަޅުކޮށް ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން ސުވާލުތަކަށް ޖަވާބުދޭ ސްޕީޑް އަވަސްވާ ވަރަކަށް ލިބޭ ޕޮއިންޓުވެސް އިތުރު ވެގެންދާނެކަމަށާއި އެކި ލެވެލް ތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި ކުރެވޭނީ ކާރު ރޭސިންގ އަދި ބައިކިންނާއި ބެހޭ ތަފާތު ސުވާލުތައްކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި އެސްއެމްއެސް ސުވާލު މުބާރާތުގައި ބައިވެރިވުމަށް “GO” ޖެއްސެވުމަށް ފަހު 4242 އަށް އެސް.އެމް.އެސް ކުރެއްވުމުން ކުއިޒްގައި ބައިވެރިވެވޭނެއެވެ.

އަގުހުރި އިނާމުތަކެއް ހުށައަޅާފައިވާ މި މުބާރާތުގައި ކޮންމެ ހަފްތާއަކު ލިބޭ އިނާމުގެ ތަކުގެތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް ހިމެނެއެވެ. އަދި ކޮންމެ މަހެއްގެ މޮޅު ކުޅުންތެރިއަކަށް ސެމްސަންގް ގެލެކްސީ އެސް 10 ލިބޭއިރު މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް ޖެޓްސްކީ ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ކްރޭޒީ ރޭސް މެދުވެރިކޮށް ކޮންމެ ހަފްތާއަކު ދޭ އިނާމުތައް ލިބޭނީ ބައިވެރިންގެ ތެރެއިން ނެގޭ ގުރުއަތުން ހޮވޭ ބޭފުޅުންނަށެވެ. މިގޮތުން އެކުޅުންތެރިއެއްގެ ސްކޯ އިތުރުވާވަރަކަށް ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ކްރޭޒީ ރޭހާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއްވެސް މެދުވެރިކޮށް އުރީދޫގެ ޓީމާއި ގުޅާލެއްވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355