twitterviber whatsapp telegramfacebookyoutube instagram
24th September 2026

ދަ ސްކައި އިޒް ޕިންކުގައި ކުޅުނީ އުނދަގޫ ރޯލެއް: ޕްރިޔަންކާ

ޚަދީޖާ އާދަމް
Oct 14, 2019

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ރޮމޭންޓިކް ޑްރާމާ ފިލްމު ދަ ސްކައި އިޒް ޕިންކުގައި ޕްރިޔަންކާ ކުޅުނު އަދިތީ ޗޯދުރީގެ ރޯލަކީ އުނދަގޫ ރޯލެއްކަމަށް އޭނާ ބުނެފިއެވެ.

މި ފިލްމަކީ މޯޓިވޭޝަނަލް ސްޕީކާއެއްގެ ގޮތުގައި ފާހަގަވެފައިވާ އައިޝާ ޗޯދުރީގެ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ޕްރިޔަންކާ ކުޅެފައިވަނީ އައިޝާގެ މަންމަގެ ރޯލާއި މެންޓަލް ހެލްތު ތެރަޕިސްޓެއްގެ ރޯލެވެ. އެހެންކަމުން މަންމަގެ ރޯލާއެކު ތެރަޕިސްޓެއްގެ ރޯލަކީ އޭނާއަށް މުޅިން އާ ތަޖުރިބާއެއްކަމަށް އޭނާ ބުންޏެވެ.

އައިޝާ ފާހަގަވެފައިވަނީ މޯޓިވޭޝަނަލް ވާހަކަ ދައްކާ ކުއްޖެއްގެ ގޮތުގައެވެ. އައިޝާ މަރުވެފައިވަނީ އުމުރުން 18 އަހަރުގައި 2015 ވަނަ އަހަރުއެވެ. މަރުވީ ޕުލްމޮނަރީ ފައިބްރޮސިސް ބަލީގަ އެވެ.

ފިލްމުގައި އައިޝާގެ ރޯލު ކުޅެފައިވަނީ ޒައިރާ ވަސީމެެވެ. މީގެ އިތުރުން ފަރްހާން އަޚްތަރު އަދި ރޯހިތު ސުރޭޝް ސަރަފް ފެނިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293