twitterviber whatsapp telegramfacebookyoutube instagram
15th March 2026

ސްކޫލްގައި އެކަހެރިކޮށް ބުލީކުރި

ޚަދީޖާ އާދަމް
Oct 26, 2019

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ސްޓްފެނީ ގާރމެނޮޓާ، އާންމުކޮށް ދަންނަ ނަމުން ނަމަ ލޭޑީ ގާގާ ސްކޫލް ދުވަސްވަރު ބުލީގެ ޝިކާރައަކަށް ވިކަމަށް އޭނާގެ މަންމަ ބުނެފި އެވެ.

ގްރެމީ އެވޯޑް، ގޯލްޑެން ގްލޯބު ހާސިލްކޮށް އޮސްކާއަށްވެސް ނޮމިނޭޓުވި ލޭޑީ ގާގާގެ ސްކޫލް ދުވަސްވަރު ސިފަކޮށް އޭނާގެ މަންމަ ސިންތިއާ ބުނީ ސްޓެފެނީ އުފާވެރި ސަކަ މިޒާޖެއްގެ ކުއްޖަކުން އަމިއްލަ ނަފްސުދެކެ ފޫހިވެ އެކަހެރި ކުއްޖަަކަށްވީ އޭނާގެ ކުރިމަތީކަމަށެވެ.

ބުލީގެ ޝިކާރައަަށްވީ މިޑްލް ސްކޫލުގައި އުޅުން އިރުކަމަށާއި އެއިރުން ފެށިގެން ސްކޫލް ހަޔާތް ނިންމާލީ ވަރަށް އެކަހެރިކޮށް އެހެން ދަރިވަރުންނާއި އެއްވެސް ގުޅުމެއް ނެތިކަމަށް ވެސް ސިންތިޔާ ބުންޏެވެ. އަދި އެފަދަ ވާހަކަ ދެއްކުމަށް ސްޓެފެނީ ދެކޮޅު ހެދުމުގެ ސަބަބަކަށްވީ އޭނާއަށް ލިބިފައިވާ ނަފްސާނީ ގެއްލުންތަކުން އަރައިގަތުމަށް ހުރަހަކަށްވުން ކަމަށް ބުންޏެވެ.

ސިންތިޔާ ބުނީ ނަފްސާނީ މައްސަލަތަކާއި ބެހޭގޮތުން ސްޓެފެނީ ވާހަކަ ދައްކަން ފެށީ އެމީހުންގެ "ބޯން ދިސް ވޭ ފައުންޑޭޝަން" ހުޅުވުމަށް ފަހުއެވެ. މިއީ 2011 ވަނަ އަހަރު އެ ދެމައިން ވެގެން ހުޅުވި ފައުންޑޭޝަނެކެވެ. މި ފައުންޑޭޝަނަށް ނަން ދީފައިމިވަނީ ސްޓެފެނީގެ 3 ވަނަ ސްޓޫޑީއޯ އަލްބަމް "ބޯން ދިސް ވޭ" ގެ ނަމާއި ގުޅުވައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355