twitterviber whatsapp telegramfacebookyoutube instagram
17th June 2026

ހާލުގައި ޖެހުނު ބިހާރުގެ އާއިލާތަކަށް އަކްސޭ 1 ކަރޯޑް ރުޕީސް ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Oct 31, 2019

މިދިޔަ ސެޕްޓެމްބަރުމަހު ފެންބޮޑުވެ ހާލުގައި ޖެހިފައި ތިބި އިންޑިޔާގެ ބިހާރު ސްޓޭޓްގެ 25 އާއިލާއަކަށް އެހީ ވުމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު 1 ކަރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަކްޝޭގެ މި އެހީއާއެކު ހާލުގައި ކޮންމެ އާއިލާއަކަށް 4 ލައްކަ ރުފިޔާ ލިބިގެންދާނެއެވެ. މި ވިއްސާރައިގެ ސަބަބުން ބިހާރުގެ އިތުރުން ޕަޓްނާ އަދި ބަގްލާޕޫރގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި އެވެ.

އަކްޝޭ ވަނީ މީގެ ކުރިންވެސް މިފަދަ ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ އައިލާތަކަށް އެކިފަހަރު މަތިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އަކްޝޭވަނީ އިންޑިޔާގެ ކަޒިރަންގާގެ ނޭޝަނަލް ޕާކު ހިމާޔަތްކުރުމަށް ވެސް 1 ކަރޯޑް ރުޕީސް ހަދިޔާ ކޮށްފަ އެވެ. އަކްޝޭއަކީ ތިމާވެށި ހިމާޔަތް ކުރުމަށްވެސް އެކިކަންކަމުގައި އެހީވެދޭ ފަންނާނެކެވެ.

މީގެ އިތުރުން އަކްޝޭ ފާހަގަ ވަނީ މުޖުތަމައުގައި ހިނގާ އެކި ކަހަލަ ކަންކަމާ ގުޅޭ ފިލްމުތައް ކުޅެ ތަރިއެއްގެ ގޮތުގައެވެ. އެގޮތުން އަކްޝޭގެ ޓޮއިލެޓް އޭކް ޕްރާމްކަތާ އަދި ފެޑްމޭން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355