twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުރިއަށް އޮތް 3 ދުވަސް ތެރޭ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބޭނެ ކަމަށް އުންމީދު ކުރަން: އާތިފް

ނަބީލާ އިސްމާޢީލް
Dec 29, 2019
2

ކުރިއަށް އޮތް 3 ދުވަސް ތެރޭގައި ކުޅުދުއްފުށީ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުވައި ހާމަކުރައްވާނެކަމަށް އުންމީދު ކުރާކަމުގައި ހދ. އަތޮޅު ކައުސިލް މެމްބަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފް މިހެން ވިދާޅުވެފައިމިވަނީ ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް މީހުން ހަމަވިނަމަވެސް އަންނަ ކައުންސިލް އިންތިހާބުގައިވެސް ކުޅުދުއްފުށީގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައި ވަނިކޮށްނެވެ. އަދި އެމައްސަލާގައި ގިނަ ބަޔަކު އަންނަނީ ކައުންސިލް އިންތިހާބު ބޮއިކޮޓްކުރަން ގޮވާލަމުންނެވެ.

"ކުރިއަށް އޮތް ތިން ދުވަސްތެރޭ ކުޅުދުއްފުށީ ސިޓީއެއްގެ ގޮތުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ޑިކުލެއަރ ކޮށްދެއްވާނެކަމަށް އުންމީދުކުރަން". ހދ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ އާތިފް ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

މީގެ ކުރިން ކުރެއްވި ޓްވީޓްގައިވެސް އާތިފް ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ދެން އޮންނާނީ ސިޓީ ކައުންސިލެއްކަމަށެވެ.

ފަސް އަހަރުގެ މުއްދަތަށް ކައުންސިލަރުން އިންތިހާބުކުރާއިރު ގާނޫނީ އަދަދު ހަމަވެފައިވާއިރު އަދި ސިޓީއެއްގެ ދަރަޖަ ދީފައިވާ ބައެއް ރަށްތަކުގައި ލިބެން ހުންނަ ނުވަތަ އެއަށްވުރެ ރަނގަޅު ހިދުމަތް ކުޅުދުއްފުށިން ލިބެން ހުރިއިރު ސިޓީއެއްގެ ދަރަޖަ ނުލިބި ދިގުލައިދާތީ ސަރުކާރަށް ދަނީ ކުޅުދުއްފުށީ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށީ ތަރައްގީކުރާނީ އާބަން ސިޓީއެއްގެ ގޮތުގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355