twitterviber whatsapp telegramfacebookyoutube instagram
16th July 2025

ކުޅުދުއްފުށީގައި ހިންގި ނެޓްބޯލް ކޯޗިން އަދި އަމްޕަޔަރިން ކޯސް ނިންމާލައިފި

ނަބީލާ އިސްމާޢީލް
Dec 31, 2019

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޒޯން އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތަށް ޓެކްނިކަލް އޮފިސަލުން ތަމްރީން ކުރުމަށްޓަކައި ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބޭސިކް ނެޓްބޯލް ކޯޗިން އަދި އަމްޕަޔަރިން ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މިމަހު 27 ން 30 ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގެ އިތުރުން ކުރިނބީ، ކުމުންދޫ އަދި ފޭދޫ ގެ 34 ބައިވެރިންނާ އެކު ފެށުނު މިކޯހުގެ ތިއަރީ ކްލާސްތައް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ގުރުއާނާ ބެހޭ މަރުކަޒުގެ ހޯލުގައެވެ. އަދި ޕްރެކްޓިކަލް ކްލާސްތައް ނަގާއި ދީފައިވަނީ ޒޯން ސްޓޭޑިއަމްގެ އިތުރުން ހދ. ކުރިނބީ ނެޓްބޯޅަ ކޯޓްގައެވެ.

މި ކޯހުގެ ބައިވެރިންނަށް ކިޔަވާއިދީ ޕްރެކްޓިކަލް ސެޝަންތަށް ނަގާދީފައިވަނީ 19 އަހަރުން ދަށުގެ ގައުމީ ނެޓްބޯލް ޓީމްގެ ކޯޗް ނީޝާ ހަލީމާއި ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލެވެ. ތިއަރީ ކްލާސްތައް ނަގައިދީފައިވަނީ ނީޝާ ހަލީމެވެ.

34 ބައިވެރިންނާ އެކު ފެށި މިކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 19 ބައިވެރިންނެވެ. މިކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރި ފަރާތް ތަކަށް ސެޓްފިކެޓް ދެއްވީ މި ރަސްމިޔާތުގެ ސަރަފުވެރި މެހެމާނު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355