twitterviber whatsapp telegramfacebookyoutube instagram
25th April 2024

2019 އަހަރު ދުނިޔޭގެ ތިމާވެއްޓަށް އައި ބަދަލު!

ޚަދީޖާ އާދަމް
Jan 9, 2020

2019 ވަނަ އަހަރަކީ ދުނިޔެއަށް ގުދުރަތީގޮތުން ގިނަ ގެއްލުންތަކެއް ލިބުނު އަހަރެކެވެ. އަދި ލިބުނު ގިނަ ގެއްލުންތަކަކީ އެކަމުން އަރައިގަނެ ކުރީގެ ހާލަތަށް ރުޖޫއަވާން ގިނަ ދުވަސްތަކެއް ނަގާނެ ހާދިސާތަކެވެ. އެހެން އަހަރުތަކާއި އަޅާ ބަލާއިރު 2019 އަހަރުގެ ގިނަ ހާދިސާތަކަކީ ބޮޑެތި، އެކަމުގެ ސަބަބުން ތިމާވެއްޓަށްވެސް އެކަމުގެ ސަބަބުން ނޭދެވޭ ގިނަ އަސަރުތަކެއް ކުރި ހާދިސާތަކެވެ.

އެމަޒޯންގައި ހިނގި އަލިފާނުގެ ހާދިސާ

އެގޮތުން ވެސް އެންމެ ފާހަގަ ކޮށްލެވެނީ ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި އެމަޒޯންގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެމަޒޯންގައި އަލިފާން ރޯވެފައިވާކަން ފުރަތަމަ ހާމަކޮށްފައިވަނީ ބްރެޒިލްގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯރ ސްޕޭސް ރީސާރޗުންނެވެ. އެ އިންސްޓިޓިއުޓުން ވަނީ އެކަން ޖޫން އަދި ޖުލައި މަހުވެސް ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ އޮގަސްޓްމަހުގެ ތެރޭގައެވެ.

މި ހާދިސާގައި އެމަޒޯންގެ 906،000 ހެކްޓަރުގެ ބިން ވަނީ އެއްކޮށް އަނދާފަ އެވެ. އެހެން އަހަރުތަކުގައި ވެސް ހޫނު މޫސުމުގައި އެމަޒޯންގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ނަމަވެސް މި އަހަރު ލިބުނު 80 ޕަސެންޓް ބޮޑެވެ.

ޕެސެފިކް ސަރަހައްދު ހޫނުވުން

މި އަހަރަކީ ސްޕެސެފިކް ސަރަހައްދު އެެހެން އަހަރުތަކަށް ވުރެ ހޫނުވި އަހަރެކެވެ. އެސަހަރައްދު ހީޓް ވޭވްތައް މިއަހަރު އާދަޔާ ހިލާފަށް ހޫނުް ކަމަށް ކެލިފޯނިޔާގެ ކަރަންޓް މެރިން ހީޓްވޭވް ޓްރެކާރއިން ވަނީ ރިޕޯޓްކޮށްފައެވެ. މިކަމުގެ ސަބަބުން އެސަރަހައްދުގެ މޫދުގެ ދިރުތަކަށް ވަނީ އަސަރުކޮށްފަ އެެވެ.

އިންޑޮނޭޝިޔާގެ ޖަޔަޕޫރާއަށް ކުރި ވިއްސާރަ

މި އަަހަރަކީ ވިއްސާރައިގެ ސަބަބުން އެކި ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އަހަރެކެެވެ. އެގޮތުން އިންޑޮނޭޝިޔާގެ ޕާޕުއާ ޕްރޮވިންސްގެ ކެޕިޓަލްކަމަށްވާ ޖަޔަޕޫރާއަށް ކުރި ވިއްސާރައިގައި 100 ވުރެ ގިނަ މީހުން މަރުވެ އެތަައް ބަޔަކު ހާލުގައި ޖެހި ސާފު ބޯފެން ލިބުމުންވެސް މަހުރޫމް ވިއެވެ. އަދި ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގާފައިވައިރު 100 ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

އެ ސިޓީގެ ގިނަ މީހުން ރައްކާތެރިކަން ހޯދާފައިވަނީ އުސް ހިސާބުތަކަށް ދަތުރުކޮށްގެނެވެ.

މިގެ އިތުރުން މި އަހަރަކީ އިންޑިޔާއަށްވެސް ވިއްސާރައިގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބުނު އަހަރެކެވެ. އެގޮތުން ސެޕްޓެމްބަރު މަހު ކުރި ވިއްސާރަގައި އިންޑިޔާގެ ބިހާރުގެ އިތުރުން ޕަޓްނާ އަދި ބަގްލާޕޫރގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި އެވެ.

ޕެރޫގެ ބިންހެލުން

ގަޑިން މެންދުރުފަހު 02:41 މިނެޓުގައި ޕެރޫގެ ކުޑަ އަވަށެއް ކަމަށްވާ ޔުރިމަގަސް ކައިރިއަށް 8.0 ގެ ބާރުމިނުގައި އައި ބިން ހެލުމުގެ އެ އަވަށުގެ ބިންގަނޑު ވަރަށް ބޮޑަށް ކަނޑައިގެން ދިޔަ އެވެ. ބިން ހެލުމުގައި މަރުވި މީހުންގެ ނިސްބަތް މަދުނަމަވެސް އަވަށަސް ބޮޑެތި ގެންލުންތަކެއް ލިބުނެވެ.

އާރތުކުއޭކް އައިލެން ގައިބުވުން

2013 ވަނަ އަހަރު ޕާކިސްތާނަށް އައި ވަރުގަދަ ބިންހެލުމާއި ގުޅިގެން އުފެދުނު ރަށެއްގެ ކަމުގައިވަ އާތުކުއޭކް އައިލެންޑް ކަނޑުގެ ލޮނުގަނޑު ތެރެއަށް ވަނީ މިއަހަރު ތެރޭ ގެއްލިފައެވެ.

އަލިފާން ފަރުބަދައެއް ގޮވައިގެން ހިނގި މި ބިންހެލުމުގައި މިރަށް އުފެދިފައިވަނީ ފަރުބަދަ ގޮވި ހިސާބުގައެވެ. ޒަލްޒަލާގެ ނަމުން ނަން ދީފައިވާ މިރަށަކީ ޗަކަކާއި އަޅިން އުފެދިފައިވާ 65 ފޫޓް އުސް ރަށެކެވެ. ދިގު މިނުގައި 295 ފޫޓް އަދި ފުޅާ މިނުގައި 130 ފޫޓް ހުރި މިރަށް 6 އަަހަރު ފަހުން ގެއްލުނު އިރު ނަސާއިން ބުުނާ ގޮތުގައި މިހާރު ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ ރަށުގެ ވަރަށް ކުޑަ މިންވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355