twitterviber whatsapp telegramfacebookyoutube instagram
11th February 2026

ރަށުގެ ތަރައްގީއަށް ހުރިހާ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން މުހިންމު: އަލީ

އަބްދުލް ވާހިދު ޙަސަން
Jan 2, 2020
4

ރަށުގެ ތަރައްގީއަށް ކުރަން ޖެހިފައިވާ މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި ބިނާކުރަނިވި ހިޔާލުތަކާއި ފާޑުކިޔުން މުހިންމުކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީއަށް ބަދަލުވުމާ ގުޅިގެން ކުޅުދުއްފުށީ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ އަލީ މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ރަށުގެ ތަރައްގީއަށް ކުރަން ޖެހިފައިވާ މަސައްކަތް ނުހަނު ގިނަ ކަމަށާ، ހުރިހާ ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމަށެވެ.

އަދި ބިނާކުރަނިވި މުހިންމު ފާޑިކިޔުންތަކާއެކު ރައްޔިތުން އެދޭ ތަރައްގީ ހޯދޭނެކަމަށްވެސް އަލީ ވިދާޅުވި އެވެ.

"ތަރައްގީއަށްޓަކާ ނުހަނު ގިނަ. ހުރިހައި ރައްޔިތުންގެ ބައިވެރިވުން ހަމަ އެހައިމެ މުހިންމު ބިނާކުރަނިވި ހިޔާލުތަކާއި ފާޑުކިޔުން މުހިންމު. މިހުރިހާ ކަމާއެކު އެދޭ ތަރައްގީ އަޅުގަނޑުމެންނަށް ހޯދޭނެ." ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ހިންގުމާ ހަވާލުވެ ހުންނެވި އަލީ ވިދާޅުވި އެވެ.

މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަކީ ސިޓީއެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355