twitterviber whatsapp telegramfacebookyoutube instagram
7th April 2026

ބުޖް: ދަ ޕްރައިޑް އޮފް އިންޑިޔާއަށް ނޯރާ

ޚަދީޖާ އާދަމް
Jan 4, 2020

ކުރިއަށް އޮތް އަބީޝެކް ޑުދިޔާގެ ފިލްމު "ބުޖް: ދަ ޕްރައިޑް އޮފް އިންޑިޔާ" ގެ ރޯލަކަށް ނޯރާ ފަތެހީ ހަމަޖައްސައިފި އެވެ.

ނޯރާ މި ރޯލަށް ނަގާފައިވަނީ މީގެ ކުރިން ރޯލު ހުށައެޅި ޕަރިނިތީ ޗޯޕްރާއަށް ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ. މި ފިލްމުގައި ނޯރާ ކުޅުމަށް ހަމަޖެހިފައިވަނީ ޖާސޫސެއްގެ ރޯލެވެ. ރޯލަށް ތައްޔާރުވުމަށް އޭނާ ދަނީ ހާއްސަ ކުލާސްތަކެއްވެސް ނަގަމުންނެވެ.

މި ފިލްމަކީ 1971 ވަނަ އަހަރު ހިނގި އިންޑިޔާ ޕާކިސްތާނުގެ ހަނގުރާމައިގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

ފިލްމު ސޫޓިން މި މަހު 12 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބައިގެ ސޫޓިން 15 ދުވަހަށް ކުރިއަށް ގެންދާނެއެވެ. މީގެ ކުރިން މީޑިޔާގައި ވާހަކަ ދައްކަމުން ނޯރާ ވަނީ ނެށުންތެރިއެއްގެ ބަދަލުގައި އެކަޓަރެއްގެ ގޮތުގައިވެސް ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޖޯން އަބްރަހަމްގެ ބަތްލާ ހައުސް އިން ހާއްސަ ރޯލަކުން ނޯރާ ފެނިފަައިވާއިރު ސަލްމާން ޙާންގެ ބާރަތުންވެސް މި އަހަރު ނޯރާ ވަނީ ފެނިފައެވެ.

ނޯރާގެ އިތުރުން ފިލްމުގައި ސޮނާކްސީ ސިންހާ، ސަންޖޭ ދަތް، ރާނާ ދަގްބަތީ، އަމީ ވިކްރަ ފެނިގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355