twitterviber whatsapp telegramfacebookyoutube instagram
29th September 2023

ޓޮމާޓޯ، ހައްދާލަން ފަސޭހަ، ގިނަ ފައިދާ ލިބޭ މޭވާއެއް

ނަބީލާ އިސްމާޢީލް
Jan 9, 2020

ޓޮމާޓޯއަކީ ރާއްޖޭގެ ދަނޑުބިން ތަކުގައިވެސް ފަސޭހަކަމާއެކު ހައްދާލެވޭ މޭވާއެކެވެ. އަދި އެހާމެ ސިއްހަތަށް ފައިދާހުރި މޭވާއެއްވެސް މެ އެވެ.

ޓޮމާޓޯއިން ލިބައިދޭ ފައިދާތަކުގެ ތެރޭގެ ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދިނުން ހިމެނެ އެވެ. އަދި ހަމުގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ޓޮމާޓޯއަކީ ފައިދާ ބޮޑު މޭވާއެކެވެ.

ޓޮމާޓޯގައި ވިޓަމިން އޭ، ސީ އަދި ވިޓަމިން ކޭގެ އިތުރުން ވިޓަމިން ބީ6 ފަދަ ހަށިގަނޑަށް މުހިންމު ވިޓަމިންތައް ލިބައިދިނުން ހިމެނެ އެވެ. މީގެ އިތުރުން ޕޮޓޭސިއަމް، މަންގަނީސް، ޕޮސްޕަރަސް އަދި ކޮޕަރ ޓޮމާޓޯގައި ހިމެނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮލެސްޓްރޯލް ލެވެލް ދަށްކޮދިނުމަށާއި ލޭގެ ސާކިއުލޭޝަން ރަނގަޅު ކޮށްދިނުމާއި ހަޖަމުގެ ބައި ރަނގަޅުކޮށްދިނުމަށްވެސް ޓޮމާޓޯގެ ދައުރު ބޮޑެވެ.

ޓޮމާޓޯއަކީ ގޮހޮރުގެ ގިނަ އަދި ބަނޑުގެ ކެންސަރު ފަދަ ގިނަ ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީވެދޭ މޭވާ އެކެވެ. އަދި ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވިގެންވާ މޭވާއެއް ކަމުން ކަށިތައް ވަރުގަދަ ކޮށްދިނުމަށް އެހީވެދެ އެވެ. އެހެންކަމުން ކެއުންތަކުގައި ޓޮމާޓޯ ހިމެނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެހީއަކަށްވާނެކަން ޔަގީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355