twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކަރަން ކުރިއަށް އޮތް ފިލްމު އިއުލާންކޮށްފި

ޚަދީޖާ އާދަމް
Jan 9, 2020

ކަަރަން ޖޯހަރު މިހާރު މަސަކައްކަތް ކުރަމުންދާ ފިލްމު ތަހުތަށް ފަހު އޭނާ ދެން މަސައްކަތް ކުރާނެ ފިލްމު އިއުލާންކޮށްފި އެވެ.

ކާމިޔާބު އެތަށް ފިލްމުތަކެއް ގެނެސްދޭ ކަރަން ކުރިއަށް އޮތީ ނިތިން ގާކޯލޭގެ "އާރު.އެން.ކާރޯ: ޖެންޓަލްމެން ސްޕައިމާސްޓާ" ފޮތަށް ހަދާ ފިލްމެކެވެ. މިކަން ކަރަން ހާމަކުރީ ކަރަން މިއަދު ކުރި ޓްވީޓެއްގަ އެވެ. ނަމަވެސް މި ފިލްމަށް ދޭނެ ނަމެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އިންޑިޔާގެ ސްޕައި އެއްކަމަށްވާ ރާމޭސްވަރ ނާތް ކާރޯ (އާރު.އެން.ކާރޯ) މައްޗަށް ލިޔެފައިވާ މި ފޮތުގައި އޭނާ އިންޑިޔާގެ އެކްޓާނަލް އިންޓަލިޖެންސް އޭޖެންސީގެ މަސައްކަތާއި، ދުނިޔޭގައި ނަން ހިނގާ މީހަަކަށް ވުމަށް އޭނާ ކުރި މަސައްކަތް ހިމަނާފައި ވެއެވެ. މި ފޮތް ނެރެފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެވެ.

ކާރޯ އެކްޓާނަލް އިންޓަލިޖެންސް އޭޖެންސީގެ ފުރަތަމަ ޗީފް އަދި ފައުންޑާވެސް މެއެވެ. އޭނާ ދުނިޔެ ދޫކުރީ 2002 ވަނަ އަހަރު ޖެނުއަރީ 20 ވަނަ ދުވަހުއެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ދަށުން ނެރުމަށް ހަމަޖެހިފައިވާ މި ފިލްމު ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ގިނަ ގަބޫލް ކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355