twitterviber whatsapp telegramfacebookyoutube instagram
31st March 2026

ޑަބްލިއު ސްޕޯޓްސް އެކެޑަމީ މި އަހަރުގެ ކަލަންޑަރުގައި 10 މުބާރާތެއް

ނަބީލާ އިސްމާޢީލް
Jan 21, 2020
1

ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަކީ ކުޅުދުއްފުށީގައި ގިނަ ކުޅިވަރު ހަރަކާތްތަކެއް ބާއްވަމުން އަންނަ އެކަޑަމީ އެކެވެ. އެގޮތުން އެ އެކަޑަމީގެ މި އަހަރަށް ރޭވިފައިވާ ހަރަކާތްތައް ވަނީ ތާވަލްކޮށް އިއުލާނުކޮށްފަ އެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ އިވެންޓް ކަމަށްވާ ޑަބްލިއު އެސްއޭ އިންޓަރ އޮފީސް ވޮލީބޯޅަ ޓޯނަމަންޓް އަންނަ ފެބްރުއަރީ 13 ވަނަ ދުވަހު ބާއްވަން ނިންމާ ބައިވެރިވުމަށް ވަނީ މިހާރު ހުޅުވާލެވި ފައެވެ.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރިގަދަ އެމްބީއޭ އިންޓަރ އޮފީސް ބާސްކެޓް ބޯލް ޗެމްޕިއަންޝިޕް އަދި އެމްބީއޭ 3 އޮން 3 ޓޯނަމަންޓް މާރޗްމަހު ބާއްވާއިރު ޑަބްލިއު އެސް އޭ ރަމަޟާން ބެޑްމިންޓަން ސީރީސް އެޕްރީލުމަހު ބޭއްވުމަށް ވަނީ އެ ކަލަންޑަރުގައި ޝެޑިއުލް ކޮށްފަ އެވެ.

އަދި ޑަބްލިއު އެސްއޭ އިންޓަރ ސްކޫލް ބެންޑްމިންޓަން، ވޮލީބޯލް އަދި ބާސްކެޓްބޯލް މުބާރާތް ޖޫންމަހު ބާއްވަން އޮތް އިރު ޑަބްލިއު އެސްއޭ ބީޗް ހޭންޑް ބޯލް ޗެމްޕިއަންޝިޕް އޮތީ ޖުލައި މަހުގަ އެވެ.

އޮކްޓޯބަރު މަހު ޑަބްލިއު އެސްއޭ އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕް ރޭވިފައި އޮތް އިރު ގިނަ ކުޅިވަރުތަކާ އެކު ބާއްވާ ޑަބްލިއު އެސްއޭ ބީޗް ގޭމްސް އޮތީ ޑިސެމްބަރު މަހުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355