twitterviber whatsapp telegramfacebookyoutube instagram
26th July 2026

ކޭއާރުއެޗުގެ ގިނަ މަރާމާތުތަކެއް ކުރުމަށް 2.2 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Jan 14, 2020

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާބާތުރަ ފިލުވުމަށް ގިނަ މަރާމާތުތަކެއް ކުރުމަށް 2.2 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު ސޮއިކޮށްފި އެވެ.

މުޅި ހޮސްޕިޓަލުގެ ހުރިހާ އިމާރާތެއްގައި ކުލަ ލުމާއި، ހުރިހާ ފާޚާނާއެއްގެ މުށި ބަދަލުކުރުމާއި، ޕޯޓިކޯއަށް ވަދެ ނުކުމެވާ ވޯކްވޭގެ ގާތައް ބަދަލުކުރުމާއި، ދޮރު ފޮތިތައް ބަދަލުކުރުމުގެ އިތުރުން ދޮރުތައް މަރާމާތު ކުރުން މި ޕްރޮޖެކްޓްގެ ތެރޭގައި ކުރިއަށްދާނެ އެވެ.

44 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ ތެރޭގައި ހޮސްޕިޓަލުގައި ކުރަން ހުރި އިތުރު ބައެއް މަރާމާތުތައްވެސް ހިމެނެ އެވެ. މީގެ ތެރޭގައި ދިޔަދޮވިތަކާއި، އޮފީސް ޕާކިން ޝެޑް، ކުނި އަންދާގެ، ކޫލް ރޫމް، ވޯޑް ޕާޓިޝަން، އޮކްސިޖަން ސްޓޯރ، ލޯންޑްރީ ބޮޑު ކުރުން ހިމެނެއެވެ.

ހޮސްޕިޓަލަށް ކޮންމެހެން ބޭނުންވެފައި ހުރި ގިނަ ބަދަލުތަކެއް މި ޕްރޮޖެކްޓާއެކު އަންނާނެ ކަމުގައި ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާވިސަސް އަހްމަދު ދާއޫދު މައުލޫމާތު ދެއްވި އެވެ.

ހޮސްޕިޓަލުގައި ހަތަރު ބެޑްގެ ލޭބާރ ރޫމްއެއް އެއްގެ އިތުރުން ސީއެސްއެސްޑީ ރޫމެއް ހެދުމުގެ މަސައްކަތްވެސް މިވަގުތު އެބަ ކުރިއަށްދެއެވެ.

ކޭއާރުއެޗުގެ އާބާތުރަފިލުމުގެ ގޮތުން ބޮޑު މަރާމާތެއް ނުކުރާތާ ގިނަ އަހަރުތަކެއް ވަނީވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355