twitterviber whatsapp telegramfacebookyoutube instagram
15th March 2026

"ސައިނާ" ގައި ޕަރީނިތީ ދެއްކި އެކްޓިންނަށް އަމޯލްގެ ތައުރީފް

ޚަދީޖާ އާދަމް
Jan 20, 2020

ޕަރިނިތީ ޗޯޕްރާ މިހާރު މަސައްކަތް ކުރަމުންދާ ސައިނާ ނެވާލްގެ ބައޮފިކް "ސައިނާ" ގައި ދެއްކި އެކްޓިންނާ މެދު ވަރަށް ހިތްހަމަޖެހޭކަމަށް ފިލްމުގެ ޑައިރެކްޓަރ އަމޯލް ގުޕްތާ ބުނެފި އެވެ.

މި ފިލްމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް އަމޯލް ވަނީ ބުނެފައެވެ. ސައިނާ ފިލްމު ފުރަތަމަ ލިބުނީ ޝްރައްދާ ކަޕޫރަށެވެ. އެނާ މި ފިލްމުގެ ޓްރެއިނިންތަކެއް ވެސް ހެދިއެވެ. ޕަރިނިތީއަށް މި ފިލްމު ލިބުނީ އެހެން ފިލްމުތަކުގައި ބިޒީވެގެން ޝްރައްދާ ފިލްމު ދޫކޮށްލުމުން ނެވެ.

ނަމަވެސް އަމޯލް ބުނީ ފިލްމަށް މިއަށްވުރެ ރަނގަޅު ތަރިއެއް ނުލިބޭނެ ކަަމަށެވެ. ނެވާލް އާއިލާއިން ވެސް ތިބީ ފިލްމާމެދު ވަރަށް ހިތްހަމަ ޖެހިފަ ކަމަށެވެ. 98 ޕަސެންޓް ޝޫޓިން ނިމިފައިވާ މި ފިލްމުގެ މަސަައްކަތް މިހަތަނަށް ގޮސްފައިވަނީ ވަރަށް ރަނގަޅަށްކަމަށްވެސް އޭނާ ބުންޏެވެ.

މި ފިލްމުގައި ޕަރިނިތީގެ އިތުރުން މާނަވް ކައުލް ފެނިގެން ދާނެއެވެ. މި ފިލްމު މި އަހަރު ކުރީ ކޮޅު ރިލީޒް ކުރެވިގެންދާނެއެވެ. ޕަރިނިތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ދަ ގާރލް އޮން ޓްރެއިން" އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355